twitterviber whatsapp telegramfacebookyoutube instagram
13th June 2025
ADVERTISEMENT
ށ އަތޮޅުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އާރުޓީއެލް ލޯންޗުތައް--ފޮޓޯ: އެމްޓީސީސީ

އާރުޓީއެލް ފެރީގެ ހިދުމަތް މާދަމާ ށ އަތޮޅުގައި ފަށަނީ

އަބްދުލް ވާހިދު ޙަސަން
Aug 29, 2022

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މާދަމާ ށ. އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ. އެކަމަށް ބޭނުންވާ ލޯންޗުތައްވެސް މިހާރު ވަނީ އެއަތޮޅަށް ގެންގޮސްފަ އެވެ.

އެ އަތޮޅުގެ ދަތުރުތައް ފެށުމާއެކު ޒޯން އެކެއްގެ ހުރިހާ ރަށެއް ހައި ސްޕީޑް ލޯންޗުން ފެރީން ގުޅުވާލެވުނީ އެވެ.

އެމްޓީސީސީން ބުނީ ޒޯން އެކެއްގެ ހިދުމަތް ނުފެށި އޮތް ށ. އަތޮޅުގައި އަންގާރަ ދުވަހު ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާކަމަށާއި އެގޮތުން ހިދުމަތް ދިނުމަށް ބޭނުންވާ 4 ފެރީ މިހާރުވަނީ އެ އަތޮޅަށް ފޮނުވާލާފައިވާކަމަށެވެ.

އެމްޓީސީސީގެ މެރިން ޓްރާންސްޕޯޓްގެ ޖެނެރަލް މެނޭޖަރު އިސްމާއީލް ފާރިގް ވިދާޅުވީ އަންގާރަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދާނީ ޓެސްޓު ދަތުރުތައްކަމަށެވެ.

އެގޮތުން 7 ރޫޓަކުން ދަތުރުތަކަށް އޮތް ޑިމާންޑާއި ދިމާވާ ދަތިތައް ބެލުމަށްފަހު ހަފްތާއެއް ފަހުން ރަސްމީކޮށް ހިދުމަތް ފެށިގެންދާނެކަމަށެވެ.

ށ. އަތޮޅުގެ ދަތުރުތަކާއެކު ޒޯން އެކެއްގައި ހިމެނޭ ހއ އަތޮޅާއި ހދ އަތޮޅާއެކު ތިން އަތޮޅުގެ ހުރިހާ ރަށެއް ޓްރާންސްޕޯޓް ލިންކް މެދުވެރިކޮށް ގުޅާލެވުނީ އެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ ރާއްޖެ ހައިސްޕީޑް ފެރީގެ ހިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އެއަރކޯން ކޮށްފައިވާ މި ފެރީތަކަކީ ދަތުރުކުރާ ފަރާތްތަކަށް އަރާމު އަދި ފަސޭހަ ދަތުރުތަކެއް ކުރެވޭނެ ފެންވަރުގައި ތައްޔާރުކޮށްފައިވާ ލޯންޗް ފެރީތަކެކެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com