twitterviber whatsapp telegramfacebookyoutube instagram
25th April 2024

11 ބުރީގެ ފަސް ޓަވަރު އަޅާނީ ވެލިގަނޑުގައި، ސައިޓް ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Aug 31, 2022
11

ކުޅުދުއްފުށީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 11 ބުރީގެ ފަސް ޓަވަރު އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބިން ކަނޑައަޅައި ސައިޓް ހަވާލުކޮށްފި އެވެ. އެކަމަށްޓަކާ ސިޓީ ކައުންސިލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސައިޓް ހަވާލުކޮށްދެއްވީ މޭޔަރު މުހައްމަދު އާތިފެވެ.

ކޮންޓްރެކްޓަރުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫނެވެ،

މިއީ ސަރުކާރުން އަތޮޅުތެރޭގައި ހިންގާ އެންމެ ބޮޑު ހައުންސިންގ ޕްރޮޖެކްޓެވެ. 439 މިލިއަން ރުފިޔާއަށް މި ޕްރޮޖެކްޓް ޖުލައިމަހު، ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޑެޓްގެ ވެންޗާ ކުންފުނިކަމަށްވާ ޓްވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓަރަކްއާ އެވެ.

ސިޓީ ކައުންސިލުން ބުނީ، މި ޓަވަރުތައް އިމާރާތްކުރާނީ މަގާންމަގު ކައިރި އެމްއެންޔޫގެ ކުރިމަތި ސަރަހައްދުގެ ވެލިގަނޑުގައި ކަމަށެވެ.

އިންތިހާއަށް ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ ކުޅުދުއްފުށީގައި މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ 400 ޔުނިޓަކީ 1000 އަކަފޫޓްގެ ޔުނިޓްތަކެކެވެ. މިމަޝްރޫއުގެ މުއްދަތަކީ 540 ދުވަހެވެ. ކޮންމެ ޔުނިޓެއްގައިވެސް ހިމެނޭނީ ތިން ކޮޓަރި އާއި ތިން ފާހާނާ، ސިޓިންގ ރޫމް، ބަދިގެ އަދި ލޯންޑަރީ ބަޔަކާއި ސްޓޯ ރޫމެއްކެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނެފައިވަނީ މި ޓަވަރުތަކުގެ ގްރައުންޑް ފުލޯ ބޭނުންކުރަނީ ކޮމާޝަލް އަދި މެއިންޓަނަންސް އޮފީސް ކަމަށާއި އަދި ތަނުގައި ކޮންމެ އެޕާޓްމަންޓަކަށް ސައިކަލް ޕާކިން ޖާގައެއް ދެވޭނެކަމަށެވެ. އަދި ކޮންމެ ޓަވަރެއްގައި ދެ ލިފްޓް ހުންނާނެކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިނިސްޓްރީން ބުނީ، މީގެ އިތުރުން ޔުނިޓްތައް ވަށައިގެން އަލިކުރެވި ޕާކެއް ގާއިމުކުރެވޭނެ ކަމަށެވެ. މިއީ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355