twitterviber whatsapp telegramfacebookyoutube instagram
27th April 2024

އާރުޓީއެލް ށ. އަތޮޅު ދަތުރުތަކަށްވެސް ބޮޑު ތަރުހީބެއް، ފުރަތަމަ 4 ދުވަހު 600 އަށްވުރެން ގިނަ މީހުން ދަތުރު ކުރި

ނަބީލާ އިސްމާޢީލް
Sep 4, 2022

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މިދިޔަ އޯގަސްޓް 30 ވަނަ ދުވަހު ށ. އަތޮޅުގައި ފަށާފައިވާއިރު، އެ އަތޮޅުން ބޮޑުތަރުހީބެއް ވަނީ މި ހިދުމަތަށް ލިބިފަ އެވެ. އެ ގޮތުން ފުރަތަމަ 4 ދުވަސްތެރޭގައިވެސް 600 އަށްވުރެ ގިނަ މީހުން ވަނީ މި ފެރީ ތަކުން ދަތުރުކޮށްފަ އެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ.އަތޮޅުގައި ފަށައިގެން ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާއިރު ވޭތުވެދިޔަ ހަތަރު ދުވަހު 646 މީހުން ށ. އަތޮޅުގެ 7 ރޫޓަކުން ދަތުރުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ވަނީ ބުނެފަ އެވެ.

ށ.އަތޮޅުގައި ހިދުމަތް ދިނުމަށްޓަކައި 4 ފެރީ އަންނަނީ ބޭނުން ކުރަމުންނެވެ. އާރްޓީއެލްގެ ހިދުމަތް ޒޯން 1ގައި ފެށީ ޖޫންމަހުގެ 12ވަނަ ދުވަހުއެވެ. ޚިދުމަތް ފެށީ ހދ.އަތޮޅުންނެވެ. ހއ.އަތޮޅުގައި ހިދުމަތް ފެށީ ޖުލައި މަހުގެ 3ވަނަ ދުވަހުއެވެ. ޒޯން1ގައި ހިމެނެނީ ހއ، ހދ، ށ، މި 3 އަތޮޅެވެ.

ށ. އަތޮޅުގެ ދަތުރުތަކާއެކު ޒޯން އެކެއްގައި ހިމެނޭ ހއ އަތޮޅާއި ހދ އަތޮޅާއެކު ތިން އަތޮޅުގެ ހުރިހާ ރަށެއް ޓްރާންސްޕޯޓް ލިންކް މެދުވެރިކޮށް ގުޅާލެވުނީ އެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ ރާއްޖެ ހައިސްޕީޑް ފެރީގެ ހިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އެއަރކޯން ކޮށްފައިވާ މި ފެރީތަކަކީ ދަތުރުކުރާ ފަރާތްތަކަށް އަރާމު އަދި ފަސޭހަ ދަތުރުތަކެއް ކުރެވޭނެ ފެންވަރުގައި ތައްޔާރުކޮށްފައިވާ ލޯންޗް ފެރީތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355