twitterviber whatsapp telegramfacebookyoutube instagram
29th March 2024

މި ދައުރު ނިމޭއިރު ފެނާއި ނަރުދަމާ ނެތް ރަށެއް ނޯންނާނެ: އަސްލަމް

ތަރައްގީގެ މަސައްކަތްތައް މިހާ ބާރު ސްޕީޑެއްގައި ކުރިއަށްދާ ޒަމާނެއް ދެކެވަޑައިނުގަންނަވާކަމަށް އަސްލަމް ވިދާޅުވި.

އަބްދުލް ވާހިދު ޙަސަން
Sep 8, 2022

ތަރައްގީގެ މަސައްކަތްތައް މިހާ ބާރު ސްޕީޑެއްގައި ކުރިއަށްދާ ޒަމާނެއް ދެކެވަޑައިނުގަންނަވާކަމަށް ހައުންސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރ އުނގޫފާރުގެ ފެނާއި ނަރުދަމާ އާއި ރައްޔިތުންގެ އިންޖީނުގެ ފެނަކައާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ ރާއްޖޭގައި ތަރައްގީގެ މަސައްކަތެއް ނުހިނގާ އެއްވެސް ރަށެއް ނެތްކަމަށެވެ.

އެގޮތުން މި ދައުރު ނިމޭއިރު ފެނާއި ނަރުދަމާ ނެތް ރަށެއް ނޯންނާނެކަމަށާއި 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު ފެނާއި ނަރުދަމާ ގާއިމުކުރެވިފައި އޮތީ 50 އަކަށް ރަށުގައިކަމަށް އަސްލަމް ވިދާޅުވި

އެވެ.

"މިއަށްވުރެ ބާރު ސްޕީޑެއްގައި ތަރައްޤީގެ މަސައްކަތް ކުރަމުންދާ ޒަމާނެއް ނުފެނޭ. އެއީ ވާދަވެރި ސިޔާސީ ހަރަކާތާއެކު ލިބުނު ކުރިއެރުމެއް. މިއަދު ރަށެއް ނޯންނާނެ ތަރައްގީގެ އެއްވެސް މަސައްކަތެއް ނުކުރާ. ތަރައްގީގެ މަސައްކަތްތައް މިހާ ބާރު ސްޕީޑެއްގައި ކުރިއަށްދާ ޒަމާނެއް ނުދެކެން: އަސްލަމް މިހާރު ބާކީ ހުރި ހުރިހާ ރަށެއްގައި އެމަސައްކަތް ދަނީ ކުރިއަށް. އަންނަ އަހަރުގެ އޭޕްރީލް މެއިމަހާ ހަމައަށް ދާއިރު ފެނާއި ނަރުދަމާ ނެތް ރަށެއް ނޯންނާނެ." އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އުނގޫފާރާއި ދުވާފަރާއި އިނގުރައިދޫ ދާއިރާގައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންގެންދާކަމަށެވެ. މިގޮތުން އެ 3 ދާއިރާގެ ރަށްރަށުގައި ބަނދަރު ހެދުމާއި، ފެނާއި ނަރުދަމާގެ މަސައްކަތާއި ތައުލީމާއި ސިއްހީ ދާއިރާ އަދި ޒުވާނުންނާއި ގުޅުންހުރި ދާއިރާތަކުން ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355