twitterviber whatsapp telegramfacebookyoutube instagram
25th April 2024

4 ވަނަ ވިޔަވަތި ކޮންފަރެންސް ކުޅުދުއްފުށީގައި

Sep 12, 2022
4

4 ވަނަ ވިޔަވަތި ކޮންފަރެންސް ބާއްވާނީ ކުޅުދުއްފުށީ ސިޓީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކުރައްވައިފި އެވެ.

ރައީސް މިކަން އިއުލާނުކުރެއްވީ ލ. ގަމުގައި މިހާރު ކުރިޔަށްދާ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ދާދި ދެންމެޔަކުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދެން އޮންނަ ވިއަވަތި ރާއްޖެ ކޮންފަރެންސްއެއް އޮންނާނީ އަންނަ ޖެނުއަރީ މަސްތެރޭގައި އެންމެ އުތުރުގެ ރަށްތަކާއި އެކު ކުޅުދުއްފުށީގައި ކަމަށެވެ.

މި ކޮންފަރެންސަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ދައުލަތުގެ ވަޒީރުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ބާއްވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ.

"ވިއަވަތި ރާއްޖެ" ކޮންފަރެންސަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމަށް ބާއްވާ ކޮންފަރެންސެކެވެ.

އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަޤީޤީ މަންފާ ކައުންސިލުތަކާއި އެސިޓީއެއް، އަތޮޅެއް ނުވަތަ ރަށެއްގެ ރައްޔިތުންނަށް ލިބިގެންދާގޮތަށް އެ ނިޒާމު ބަދަލުކުރެއްވުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާޙްތަކާއެކު އިދާރީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށްދާގޮތް ގާތުން ބެއްލެވުމާއި އެކަމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކޮށްދިނުމަކީ ވެސް މި ކޮންފަރެންސުގެ ބޭނުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355