twitterviber whatsapp telegramfacebookyoutube instagram
16th September 2026

މަގު ހަލާކުވާތީ އަމީނީމަގުގައި ހުރި ހިތިގަސްތައް ނަގަނީ

އަބްދުލް ވާހިދު ޙަސަން
Sep 17, 2022
1

ކުޅުދުއްފުށީ އަމީނީމަގުގައި އިންދާފައި ހުރި ހިތިގަސްތައް ނަގައި އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.

އަމީނީމަގުގައި ގިނަ އަދަދަކަށް ހިތިގަސް އިންދާފައި ހުއްޓެވެ. އެހެންނަމަވެސް ގަސްތައް ބޮޑެތިވާ ވަރަކަށް ޕޭވްމެންޓުން ގާތައް އުފުލި ސަރަހައްދުގެ ގެތަކަށް އޭގެ މޫތަކުގެ އުނދަގޫ ފޯރަ އެވެ.

ޕޭވްމެންޓުން އުފުލިފައި ހުންނަ ގާތަކުގައި އަޅައިގަނެ މީހުންނަށް އަނިޔާވެފައިވެސް އެބަހުއްޓެވެ. އަދި ބައެއް ގެތަކަށް ހިތިގަސްތަކުގެ މޫތައް ވަދެ ނަރުދަމާފަދަ ނިޒާމުތަކަށް ބުރޫ އަރާފައި ހުރެގެން މީގެ ކުރިންވެސް އެމަގުގައި ހުރި ހިތިގަސްތައް ކެނޑި އެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ، އަމީނީމަގުގައި ހުރި ހިތިގަސްތައް ނަގައި އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ. ހިތިގަސްތައް ނަގަނީ، ޕޭވްމަންޓާއި މަގު އަދި އާންމުގެ އިމާރާތްތަކަށް ގެއްލުންވަމުންދާތީކަމަށެވެ.

ކައުންސިލުން ބުނީ ގަސްތައް ނަގައި ތަންތަނުގައި މަގަށް ގެއްލުން ކުޑަވާ ބާވަތްތަކުގެ ގަސް އިންދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކައުންސިލުން ވަނީ ދާދި ފަހުން އަމީނީމަގުގައި މޫނި ގަސް އިންދާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293