twitterviber whatsapp telegramfacebookyoutube instagram
29th March 2024

އުރީދޫން އައިފޯން 14ގެ ޕްރީއޯޑާ ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Sep 17, 2022

އެޕަލްގެ އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް މޫލީ މެދުވެރިކޮށް ޕްރީ އޯޑަރަށް ހުޅުވާލައިފިއެވެ.

އުރީދޫއިން ބުނީ އައިފޯންގެ އެ ދެ މޮޑެލްއަށްވެސް މޫލީ މެދުވެރިކޮށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. އެ ފޯނުތައް ކަސްޓަމަރުންނަށް ލިބެން ފަށާނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށް ވެސް އުުރީދޫއިން ބުންޏެވެ.

އުރީދޫއިން އައިފޯން 14 ޕްރޯ ވިއްކަނީ 24،899 ރުފިޔާއަށެވެ. އަދި ޕްރޯ މެކްސް ވިއްކަނީ 27،199އަށެވެ. އެ ފޯނުތަކާ ބެހޭ އިތުރު މައުލޫމާތު މޫލީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އައިފޯން 14 ސީރީސްގެ ފޯނުތައް އެއް ފަހަރު ޗާޖު ކުރުމުން މުޅި ދުވަހު ޗާޖު ހުންނާނެއެވެ. އަދި އެ ފޯނުތަކަށް ސިގްނަލް ނުލިބުނަސް ސެޓެލައިޓް މެދުވެރިކޮށް އެމަޖެންސީ އެސްއޯއެސް ފޮނުވޭނެ ގޮތް ވަނީ ތައާރަފުކޮށްފައެވެ.

ހަމައެއާއެކު، އެ ފޯންތަކުގެ އިތުރު އާ ފީޗާއެއްގެ ގޮތުގައި ހިމަނާފައި ވަނީ 'އޯލްވޭސް އޮން' ޑިސްޕްލޭއެވެ. އެ ފީޗާގެ ސަބަބުން ފޯން ބޭނުން ނުކުރާ ގަޑީގައި ސްކްރީން އެއްކޮށް އަނދިރިކޮށް ދެއްކުމުގެ ބަދަލުގައި، ގަޑިއާއި ތާރީޚާއި ނޮޓިފިކޭޝަން ފަދަ މުހިންމު މައުލޫމާތު ފެންނަން ހުންނާނެއެވެ.

އެޕަލްއިން ބުނާ ގޮތުގައި 14 ޕްރޯ އާއި ޕްރޯ މެކްސްއަކީ އެ ސީރިސްގައި ޓެކްނޮލިޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފޯނެވެ. އެ ދެ ފޯނުގައި ބޭނުންކޮށްފައި ވަނީ އޭ16 ބަޔޮނިކް ޗިޕެއް ކަމަށާއި އޭގެ ސަބަބުން ފޯނުގެ މަސައްކަތްތައް އެހެން ފޯނުތަކަށް ވުރެ ހަލުވިކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން 14 ސީރީސްގެ ފޯނުތަކުގެ ކެމެރާތަކުގެ ފެންވަރު ކުރިއަށް ވުރެ ރަނގަޅުކޮށްފައިވާ ކަމަށާއި އަނދިރި ތަންތަނުގައި ނަގާ ފޮޓޯ މިހާރު މާ ރީތި ވާނެކަން އެޕަލްއިން ފާހަގަކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355