twitterviber whatsapp telegramfacebookyoutube instagram
16th August 2026

ކަޒަކިސްތާނުން ދިވެހީންނަށް އޮން އެރައިވަލް ވިސާ ދޭން ފަށައިފި

ނަބީލާ އިސްމާޢީލް
Sep 17, 2022

ކަޒަކިސްތާނަށް ދަތުރުކުރާ ދިވެހީންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަދައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކަޒަކިސްތާނުން ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޭން މިދިޔަ ބުދަ ދުވަހު ފެށީ މިދިޔަ މެއި މަހު ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން، 30 ދުވަހަށް އޮން އެރައިވަލް ވިސާ ލިބުނަސް އެއަށް ވުރެ ދިގު މުއްދަތަކަށް މަޑުކުރާ ނަމަ ނުވަތަ ތައުލީމީ ނުވަތަ މެޑިކަލް ނުވަތަ ވިޔަފާރި ބޭނުމެއްގައި ދަތުރުކުރާ ނަމަ، ފުރުމުގެ ކުރިން ދުރާލާ ވިސާ ހޯދަން ޖެހެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ވިސާއަށް ލުއި ދިނުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ވަރަށް ގިނަ ގައުމުތަކުން ދިވެހި ޕާސްޕޯޓަށް އޮންއެރައިވަލް ވިސާ ދެ އެވެ. އެހެންވެ، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރުގަދަ ޕާސްޕޯޓްގެ ދަރަޖަ ކޮންމެ އަހަރަކު ރާއްޖެއިން ގެންދަނީ ދިފާއު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355