twitterviber whatsapp telegramfacebookyoutube instagram
15th July 2025

އެސްޓީއޯ އިން "އީޓް އެން އެޕަލް ޑޭ" ފާހަގަކޮށްފި

Sep 18, 2022

ސިއްހީ ދުޅަހެޔޮކަން ޕްރޮމޯޓްކުރުމުގެ ގޮތުން އެސްޓީއޯ އިން ދުނިޔޭގެ "އީޓް އެން އެޕަލް ޑޭ" އިއްޔެ ފާހަގަކޮށްފި އެވެ.

ދުނިޔޭގެ "އީޓް އެން އެޕަލް ޑޭ ފާހަގަކުރުމުގެ ގޮތުން އިއްޔެ ހަވީރު 4:00 އިން 6:00 އަށް އެސްޓީއޯ ޕާކުގައި އާފަލު ބެހުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިހަރަކާތް ކުރިއަށް ގެންދިޔައީ އެސްޓީއޯ ހެޑް އޮފީހުގެ ފަހަތުގައި އެސްޓީއޯ ބަސް ސްޓޭންޑް ކުރިމަތީ އޮންނަ ޕާކުގަ އެވެ. އެސްޓީއޯ ޕާކަކީ އެސްޓީއޯ ހެޑް އޮފީހުގެ އުތުރުން އޮންނަ ވެސްޓު ޕާކު ސަރަހައްދުގައި އެސްޓީއޯއިން ގާއިމް ކޮށްފައިވާ ޕާކެކެވެ. އެ ކުންފުނިން ބަލަހައްޓަމުން ގެންދާ ޕާކުގައި ކަސްރަތު ކުރެވޭ ވަސީލަތްތައް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

އާފަލަކީ ސިއްހަތައް އެތައް ގޮތަކުން ފައިދާކޮށްދޭ މޭވާ އެކެވެ. އާފަލަކީ ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރުކޮށްދޭ މޭވާއެކެވެ. ހަށިގަނޑަށް ފައިދާ ހުރި ބެކްޓީރިއާ ގިނަ އަދަދަކަށް އެކުލެވޭއިރު، އެކި ބާވަތުގެ ކެންސަރު ޖެހުމުން ދުރުކޮށްދޭ މާއްދާތައް ވެސް އާފަލުގައި އެކުލެވެ އެވެ. އަދި އުމުރުން ދުވަސް ވުމުން ހަށިގަނޑުގެ ކަށިތަކުގެ ބާރު ދެރަވާ ދެރަވުމުން ވެސް އާފަލުން ދުރުކޮށްދެ އެވެ.

އެސްޓީޢޯ ޕީޕަލްސް ޗޮއިސްއިން އަންނަނީ އެކި ބްރޭންޑުތަކުގެ އާފަލު ވިއްކަމުންނެވެ. އޭގެ ތެރޭގައި ޕިންކް ލޭޑީ، ކުއީން އެޕަލް، ޕްރިންސް، ރޯޔަލް ބިއުޓީ، ރޯޔަލް އަދި ގްރީން ފަދަ އެކި ބާވަތުގެ އާފަލު ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355