twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހަތަރު ރަށެއްގެ ސިއްހީ މަރުކަޒު ބޮޑުކުރަން ހަވާލުކޮށްފި

Sep 20, 2022
1

ޖާގަ އިތުރުކުރުމަށް، ހަތަރު ރަށެއްގެ ސިއްހީ މަރުކަޒުގައި އިތުރުކުރަން އިމާރާތްތައް އަޅަން ކޮންޓްރެކްޓަރުންނާ އިއްޔެ ހަވާލުކޮށްފި އެވެ.

ށ. ފީވަށް، ށ. ނަރުދޫ، ށ. ޅައިމަގު އަދި އއ. މަތިވެރީގެ ސިއްހީ މަރުކަޒުގައި އެކްސްޓެންޝަން އިމާރާތްތައް އަޅަން ކޮންޓްރެކްޓަރުންނާ ހަވާލުކުރީ ހެލްތު މިނިސްޓްރީގައި އިއްޔެ މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ނަރުދު އާއި ޅައިމަގުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ ކްލޭ ލިމިޓެޑް ލައިބިލިޓީ ޕާޓްނާޝިޕް ކިޔާ ކުންފުންޏަކާ އެވެ. އެ މަސައްކަތުގެ ދަށުން އެ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމަށް ބޭނުންވާ އިމާރާތް ހެދުމާއި އިމާރާތުގެ ފެންޑާ (ޕޯޓިކޯ) ހެދުން ވެސް ހިމެނެ އެވެ.

ނަރުދޫގެ މަސައްކަތް ހަވާލުކުރީ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް، 4.2 މިލިއަން ރުފިޔާ އަށެވެ. އަދި ޅައިމަގުގެ މަސައްކަތް ވެސް ހަވާލުކުރީ ހަމަ އެ މުއްދަތުގައި ނިންމަން ޖެހޭ ގޮތަށް، 4.3 މިލިއަން ރުފިޔާ އަށެވެ.

ފީވަކު ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ ޕާސްޓްލައިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. ފަސް މަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް އެ ޕްރޮޖެކްޓް ހަވާލުކުރީ 3.6 މިލިއަން ރުފިޔާ އަށެވެ. އަދި މަތިވެރީގެ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް 4.8 މިލިއަން ރުފިޔާ ހަރަދުކުރާއިރު، އެ މަސައްކަތް ނިންމަން ވެސް ދިނީ ފަސް މަސް ދުވަހުގެ މުއްދަތެކެވެ.

ސަރުކާރުން އަންނަނީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތް ފުޅާކުރުމުގެ މަސައްކަތްް ކުރަމުންނެވެ. ސިއްހީ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމާއި ބައެއް މަރުކަޒުތައް ހޮސްޕިޓަލްތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަދި ރަށްރަށުގައި އާންމު ބަލިތަކުގެ ޓެސްޓުތައް ހެދޭނެ ލެބޯޓްރީތައް ހެދުމާއި މޯބައިލް ލެބޯޓްރީ ހިދުމަތް ފެށުން ވެސް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355