twitterviber whatsapp telegramfacebookyoutube instagram
2nd August 2026

ނޮޅިވަރަންފަރުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

Sep 27, 2022

ހދ ނޮޅިވަރަންފަރުގައި މޫދަށް އެރިއުޅެނިކޮށް ގެއްލުނު ބިދޭސީ މީހާ ހޯދަނިކޮށް ފެނިއްޖެ އެވެ. އޭނާ ފެނުނުއިރު ހާލު ރަނގަޅެވެ.

ބަގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ ގެއްލިގެން ރިޕޯޓްކުރީ އޭނާއާއެކު މޫދަށް ދިޔަ ދެ ބިދޭސީންނަށް އޭނާ ނުފެނުމުންނެވެ. ގެއްލުން އެ މީހާ ބުނީ އޭނާ ގެއްލުނީނޫން ކަމަށާއި އޭނާ ދިޔައީ ފީނާލަށް ކަމަށެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ނައިބު ރައީސް ކޭއޯއަށް ވިދާޅުވީ، ގެއްލިގެންގެން ހޯދި ބިދޭސީ މީހާ ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އެ މީހާ ގެއްލުނުކަން ކައުންސިލަށް ރިޕޯޓްކުރީ މެންދުރުފަހު އެވެ. ރިޕޯޓް ލިބުމާއެކު ރައްޔިތުންނާއި ފުލުހުންނާ ގުޅިގެން އޭނާ ހޯދުމަށް ފަޅުތެރެ ބެލުމަށް ހަރަކާތްތެރިވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355