twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޤުރުއާން މުބާރާތަށް ތައްޔާރުވުމަށް ރައްޔިތުން ނުކުމެ ނޮޅިވަރަމު މަގުތަކަށް ވެލިއަޅައި ނަލަކޮށްލައިފި

ނަބީލާ އިސްމާޢީލް
Oct 2, 2022
2

އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ނޮޅިވަރަމު ރައްޔިތުން ނުކުމެ އެރަށުގެ މަގުތަކަށް ވެލި އަޅައި ރީތިކޮށްލައިފި އެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު 1443 ވަނަ އަހަރުގެ ހދ. އަތޮޅު ޤުރުއާން މުބާރާތް އޮންނާނީ އޮކްޓޫބަރު މަހުގެ 6 ން 8 އަށް ނޮޅިވަރަމުގައި އެވެ.

ޤުރުއާން މުބާރާތް އޮންނަ ރަށަށް އަތޮޅުގެ އެހެން ރަށްރަށުން ކޮންމެ ފަހަރަކުވެސް ގިނަ އަދަދަށް މީހުން އަރާނެ އެވެ. ލަފާކުރެވޭ ގޮތުގައި މިއަހަރުގެ މުބާރާތަށްވެސް 300 އެއްހާ މީހުން އެރަށަށް އަރާނެ އެވެ.

އެހެންވުމުން އެރަށް ޒީނަތްތެރިކުރުމުގެ މަސައްކަތް ކައުންސިލާއި ރައްޔިތުން ގުޅިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން އިއްޔެ ވަނީ ރަށުގެ ފެން ހެދޭ ވަޅުގަނޑުތައް ގިނަ މަގުތަކަށް ވެލި އަޅައި ރީތިކޮށްލައިފަ އެވެ.

ނޮޅިވަރަމު ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު މުސްތަފާ ވިދާޅުވީ، ޤުރުއާން މުބާރާތަށް ރަށުތެރެ ޒީނަތްތެރިކުރުމުގެ ގޮތުން މަގުތަކަށް ވެލި އަޅައި އެއްވަރު ކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ. މި މަސައްކަތުގައި ހަރަކާތްތެރިވެފައިވަނީ ރައްޔިތުންނެވެ.

އޭނާ ވިދާޅުވީ، މި މަސައްކަތުގައި ރަށުގެ ކުދި ބޮޑު އެންމެން ހަރަކާތްތެރިވެފައިވާ ކަމަށާއި މަސައްކަތް ކުރިއަށްދާ ވަގުތު ފިހާރަތަކުން މަސައްކަތްކުރާ ފަރާތްތަކަށް ރިފްރެޝްމެންޓް ފޯރުކޮށްދީފައިވާ ކަމަށެވެ. އެކަމަށްޓަކާ އެފަރާތްތަކަށް މުސްތަފާ ޝުކުރުއަދާކުރެއްވި އެވެ.

ކޮންމެ އަހަރަކުވެސް ޤުރުއާން މުބާރާތް ބާއްވާ ރަށުގެ ރައްޔިތުން، އެރަށެއް ޒީނަތްތެރިކުރުމާއި ރަށަށް އަންނަ މެހެމާނުންނަށް މަރުހަބާ ކިޔުމަށް ވަރަށް ބޮޑަށް ތައްޔާރުވެ އެވެ. ޤުރުއާން މުބާރާތްވެފައި އޮންނަނީ އަތޮޅު ފެންވަރުގައި ބާއްވާ އެންމެ ޝަރަފްވެރި މުބާރާތުގެ ގޮތުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355