twitterviber whatsapp telegramfacebookyoutube instagram
6th November 2025

ރާއްޖޭގެ ސިއްހީ ދާއިރާގެ ދިރާސާތައް ހިމެނޭ ފޮތެއް ނެރެފި

ނަބީލާ އިސްމާޢީލް
Oct 10, 2022

ރާއްޖޭގައި ސިއްހީ ދާއިރާއާ ގުޅޭގޮތުން ހަދާފައިވާ ދިރާސާތައް ހިމެނޭ ފޮތެއް މިއަދު ނެރެފި އެވެ.

"ކޮމްޕޮންޑިއަމް އޮފް ހެލްތު ރިސާޗް އިން މޯލްޑިވްސް" ގެ ނަމުގައި ނެރުނު ފޮތުގައި 2018-2021 ވަނަ އަހަރާ ދެމެދުގެ ރިސާޗްތައް އާއްމުކޮށްފައިވެ އެވެ.

އެ ފޮތް ނެރެދެއްވީ، ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

މި ފޮތުގައި 30 އަށްވުރެ ގިނަ ދިރާސާ ހިމެނެ އެވެ. އޭގެ ތެރޭގައި ބަލިތަކަށް ފަރުވާ ދިނުމާއި ރައްކާތެރިވުމުގެ އިތުރުން ކޮވިޑާ ގުޅޭ ގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ހެދި ދިރާސާތައް ވެސް ހިމެނެ އެވެ.

ހެލްތް މިނިސްޓްރީއިން ބުނީ އެ ފޮތް ޝާއިރު ކުރުމުގެ މައިގަނޑު މަގުސަދަކީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގައި ކުރެވިފައިވާ ސިއްޙީ ދިރާސާތަކުގެ މައުލޫމާތު ފަސޭހަކަމާއެކު އެއްފޮތަކުން އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

އަދި ސިއްހީ ދިރާސާކުރާ ފަރާތްތަކުގެ މަސައްކަތް ގައުމީ ފެންވަރުގައި ދައްކާލުމުގެ އިތުރުން އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުން ކަމަށެވެ.

ހެލްތް މިނިސްޓްރީއިން ބުނީ އެ ފޮތުގެ ޒަރިއްޔާއިން ސިއްހީ ދިރާސާކުރާ ފަރާތްތަކަށާއި ދިރާސާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ބޭނުންތެރި، ފެންވަރު ރަގަޅު ދިރާސާތަކެއް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355