ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީއެވޯޑް ދިނުމުގެ ހަފްލާގައި އެކި ދާއިރާތަކުން އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް އެވޯޑް ދީފިއެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފުލާގައި އެކި ދާއިރާތަކުން އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންނަށް އެވޯޑު ދީފައިވާއިރު، ޝަރަފުވެރި އެޕްލޯއީ އޮފް ދަ އިޔާ އެވޯޑް ހޯދާފައިވަނީ ނޯތު ކްލަސްޓާ މެނޭޖަރު ހަސަން އަޤްލީމް އާއި ހެޑް އޮފް ޕީޕަލް ޑިވެލޮޕްމަންޓް މުހައްމަދު އަޝްރަފެވެ.
ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް ހޯދާފައިވަނީ، ހެޑް އޮފް ކާޑްސް އެންޑް ޕޭމަންޓް ގަވަރނަންސް ފާތިމަތު ފާރިހަތު ވަހީދު އާއި ސީނިއަރ މެނޭޖަރ ޕްރީމިއަމް ބޭންކިންގ އަބުދުﷲ ސަބާހް އާއި ބީއެމްއެލް މޯބައިލް އެޕް ޓީމެވެ.
ބެސްޓް ލީޑަރ އެވޯޑް ޕަބްލިކް ރިލޭޝަންސް މޭނޭޖަރ މުހައްމަދު ސައީދު ހޯދިއިރު، ބެސްޓް މެނޭޖަރ އެވޯޑް ހޯދީ ކޮމްޕްލައަންސް މެނޭޖަރ އަލީ ޒައިދެވެ.
މި ހަފްލާގައި މުވައްޒަފުންއަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން ވަނީ އެވޯޑް ދީފައެވެ. މީގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ބެސްޓް އެޓޯލް އެމްޕްލޯއީ، ކަސްޓަމަރ ސާވިސް ސްޓަރ އަދި އެވޯޑް ފޯ އިނޮވޭޝަން އެވޯޑް ހިމެނެއެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިންގ އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަސް މިއަންނަ މަހު ފާހަގަކުރަން ތައްޔާރުވަމުންދާއިރު ފާއިތުވި އަހަރުތަކުގައި ބޭންކުގެ ކާމިޔާބީ އާއި ކުރިއެރުމުގެ ހަގީގީ ބާނީންނަކީ މުވައްޒަފުންކަމަށެވެ.
ބީއެމްއެލުން ބުނީ، ސްޓާފް އެވޯޑަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓަޖީގެ މުހިންމު ބައެއްކަމަށެވެ. ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއި ން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް "ވަނީ ވިދިވިދިގެން ހަތަރު ފަހަރަށް ބީއެމްއެލަށް ލިބިފައެވެ.