twitterviber whatsapp telegramfacebookyoutube instagram
28th June 2026

ޓޫރިޒަމް މިނިސްޓަރު ކުޅުދުއްފުއްޓަށް، ރައްޔިތުންނާ ބައްދަލުކުރުން މިރޭ

އަބްދުލް ވާހިދު ޙަސަން
Oct 19, 2022
2

ޓޫރިޒަމް މިނިސްޓަރު ޑރ އަބުދުﷲ މައުސޫމު، ތިލަދުންމަތީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެ އެވެ.

މިދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރު ޑރ އަބުދުﷲ މައުސޫމުގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާތިފް އާއި މިނިސްޓަރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

ސިޓީ ކައުންސިލުން ބުނީ، މި ދަތުރަކީ އަތޮޅުގެ ފަތުރުވެރިކަމުގެ ހާލަތު ދެނެގަނެ ލޯކަލް ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކުރެވިދާނެ ކަންތައްތައް ފާހަގަކޮށް އެ ކަންތައްތައް ރާވާ ހިންގުމާ ގުޅޭ ގޮތުން މަޝްވަރާކުރުމުގެ ބޭނުމުގައި ކުރަައްވާ ދަތުރުފުޅެއް ކަމަށެވެ.

މިނިސްޓްރީގެ ވަފުދު، ކުޅުދުއްފުށީގައި ފަތުރުވެރިކަމާ ގުޅުންހުރި ހިދުމަތްދޭ ފަރާތްތަކާއި ވިޔަފާރިވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިއަށް ޝައުގުވެރިކަން ހުރި އާއްމު ރައްޔިތުންނާއެކު ބައްދަލުވުމެއް މިރޭ 20:20 ގައި އަފީފުއްދީން ސްކޫލުގައި އޮންނާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355