twitterviber whatsapp telegramfacebookyoutube instagram
16th April 2024

ގައުމީ ސާފިން ޓީމުތަކުގެ އޮފިޝަލް ޕާޓްނަރަކަށް ބީއެމްއެލް

ނަބީލާ އިސްމާޢީލް
Oct 20, 2022

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)އާ އެކު ގައުމީ ސާފިން ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސައިފި އެވެ.

މި ޕާޓްނަޝިޕްގެ ދަށުން، ޒުވާން މޮޅު ކުދިންގެ ހުނަރު ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބޭއްވުމަށް ހަމަޖެހިފައިވާ ނެޝަނަލް ޖޫނިއާ ސާފިން ޗެންޕިއަންޝިޕަށް ބީއެމްއެލް އިން އެހީވުމަށް ހަމަޖެހިފައިވެ އެވެ.

މި އެއްބަސްވުމާ ގުޅިގެން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ ބީއެމްއެލް އިސްލާމިކްއާ ގުޅިގެން މޯލްޑިވްސް ސާފިން އެސޯސިއޭޝަނަށް އެހީތެރިވުމަށް އެއްބަސްވުމަކީ ބީއެމްއެލްއަށް ލިބޭ ފަހުރެއް ކަމަށެވެ.

"ރާއްޖޭގެ ރާޅާއެޅުންތެރިންގެ ހުނަރާއި ހޯދަމުންދާ ކާމިޔާބީއަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ފާހަގަކޮށްލެވޭ ކަމެއް. އަދި މި ޕާޓްނާޝިޕްގެ ދަށުން އަޅުގަނޑުމެން އުއްމީދު ކުރަނީ މި ކުޅިވަރު ކުރިއެރުވުމާއި ޒުވާން އެތުލީޓުންގެ ހުވަފެން ހަގީގަތަކަށް ހެދުމުގައި އަޅުގަނޑުމެންގެ އެހީތެރިކަން ލިބިގެންދިއުން." އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވަނީ ގައުމީ ފުޓްބޯޅަ، ސްވިމިން އަދި ޓެނިސް އެސޯސިއޭޝަނާ އެކު ވެސް ޕާޓްނާޝިޕް ގާއިމްކޮށްފަ އެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން ދާދިފަހުން ބޭންކުން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން މޮޅު އެތްލީޓުންނަށް ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355