twitterviber whatsapp telegramfacebookyoutube instagram
1st August 2026

ޖަލުގެ ހާލަތު ބެލުމަށް 241 ކޮމެޓީގެ މެމްބަރުން ކުޅުދުއްފުއްޓަށް

އަބްދުލް ވާހިދު ޙަސަން
Oct 20, 2022

ޖަލުތަކުގެ ހާލަތު ބެލުމަށްޓަކާ ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241) ކުރައްވާ މަސައްކަތުގެ ތެރެއިން އެ ކޮމެޓީގެ ބައެއް މެމްބަރުން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި އެވެ.

އެ ކޮމެޓީގެ މެމްބަރުން ކުޅުދުއްފުއްޓަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި ސިޓީ ކައުންސިލާއި ފުލުހުންގެ އިތުރުން އެކަމާ ގުޅުން ހުރި މުވައްސަސާތަކާ ބައްދަލުކުރައްވާނެ އެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި އެ ކޮމެޓީގެ 6 މެމްބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ. އެއީ އެއީ އެ ކޮމެޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ނައިބު މުގައްރިރު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމުގެ ބައިވެރިވެވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ ނާޒިމުގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

241 ކޮމެޓީގެ މެމްބަރު މިދިޔަ ހަފުތާގައި ވަޑައިގެންނެވީ އައްޑޫ ސިޓީ އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355