twitterviber whatsapp telegramfacebookyoutube instagram
19th April 2024

އިހަވަންދޫގައި މަސްގަންނަ ސެންޓަރެއް ގާއިމުކުރުމަށް ބަޖެޓްކޮށްފި

އަބްދުލް ވާހިދު ޙަސަން
Oct 31, 2022

އުތުރުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަމުގެ މަސައްކަތްކުރަމުންދާ އިހަވަންދޫގައި މަސްގަންނަ ސެންޓަރެއް ގާއިމުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ.

މިދިޔަ ސެޕްޓެމްބަރުމަހު ރައީސް އިބުރާހިމް މުހައްމަދު ސޯލިހް، ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ދިއްދޫގައި ހުންނަވައިގެން ވިދާޅުވީ، މިސަރަހައްދުގެ އެންމެ ދިރުން ހުރި އެއް އިގްތިސޯދަކީ އިހަވަންދޫ ކަމަށާ އަންނަ އަހަރު އެރަށުގައި މަސްގަންނަ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓްގައި އިހަވަންދޫ މަސްގަންނަ ސެންޓަރު ގާއިމުކުރުމަށް 7.5 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން އެރަށުގައި މަސް ރައްކާކުރާ ފެސިލިޓީއެއް ގާއިމުކުރުމުގައި 2.86 މިލިއަން ރުފިޔާ ހިމެނިފައިވެ އެވެ. މި މަސްރޫއުއަކީ ޕްރީ ޓެންޑަރިންގ މަރުހަލާގައި އޮތް މަޝްރޫއެކެވެ.

އިހަވަންދޫގައި މިހާރު ހިނގަމުންދާ މަޝްރޫއުތަކުގެ ތެރޭގައި މަލްޓި ޕާޕަސް ހޯލު ތަރައްގީކުރުމާއި އާ ހޮސްޕިޓަލުގެ މަސައްކަތްތަކާއި ޒުވާނުންގެ މަރުކަޒު ތަރައްގީކުރުމާއި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުއާއި ބިން ހިއްކުމުގެ މަސައްކަތް އަދި ޕްރިޕެއަރިންގ އައުޓަރ އައިލެންޑް ފޯރ ސަސްޓެއިންބަލް އެނާޖީ ޑިވެލޮމެންޓް ޕްރޮޖެކްޓް ހިމެނެ އެވެ.

ޕްރީ ޓެންޑަރިންގގައި ހުރި މަޝްރޫއުތަކަށް ބަލާލާއިރު ޒޯން އެކެއްގެ ރީޖަނަލް ވޭސްޓް މެނޭޖްމެންޜް ޕްރޮޖެކްޓާއި މަގު ހެދުމުގެ މަސައްކަތް ހިމެނެ އެވެ. އިހަވަންދޫގައި އިމާރާތްކުރާ އާ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިންގ މަރުހަލާގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355