twitterviber whatsapp telegramfacebookyoutube instagram
28th February 2026

ކޭއާރުއެޗުގެ ސީއީއޯގެ މަގާމަށް ޑޭވިޑް އަންޔަނުކުރައްވައިފި

އަބްދުލް ވާހިދު ޙަސަން
Nov 1, 2022
3

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ކުޅުދުއްފުށީ، ރޯމާ/ އަހުމަދު ދާއޫދު (ޑޭވިޑް) ރައީސުލް ޖުމްހޫރިއްޔާ އައްޔަނުކުރައްވައިފި އެވެ.

މީގެ ކުރިން 2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން 2021 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހާ ހަމައަށް ޑޭވިޑް ހުންނެވީ އެ ހޮސްޕިޓަލުގެ މެނޭޖަރުގެ މަގާމުގައި އެވެ. އެއަށް ފަހުން މިއަދާ ޖެހެންދެން ހުންނެވީ އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގަ އެވެ.

ޔުނިވާސިޓީ އޮފް ވެސްޓް އިންގިލެންޑުން ބިޒްނަސް އެޑްމިނިސްޓްރޭޝަންސްގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ޑޭވިޑް ސީއީއޯގެ މަގާމަށް އައްޔަނުކުރެއްވީ މިއަދު ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް ސޯލިހެވެ.

ޑޭވިޑަކީ ބިޒްނަސް މެނޭޖްމެންޓް އެންޑް މާކެޓިންގ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ފަރާތެކެވެ. އޭނާ މީގެ ކުރިން މަސައްކަތް ކުރެއްވީ ދިރާގާއި މިރާގައި އެވެ.

ކޭއާރުއެޗުން ހެލްތް މިނިސްޓްރީގެ ދަށުން ވަކިކޮށް އެތަނުގެ ހިންގުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ގަވަރނިންގ ބޯޑެއް އެކުލަވާލާފައި 6 މެމްބަރުން އައްޔަނުކުރައްވާފަ އެވެ.

ކޭއާރުއެޗުން ދޭ ހިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355