twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފަސްޓް ޒޯން އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް ކުޅުދުއްފުށީފައި ފަށައިފި

މުޙައްމަދު އަހުމަދު
Nov 8, 2022
2

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ނޭމް)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ފަސްޓް ޒޯން އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް އިއްޔެ ކުޅުދުއްފުށީގައި ފަށައިފި އެވެ.

އިއްޔެ ހަވީރު ފެށި އުތުރު ޒޯންގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފުނަދޫ ސްކޫލާއި ނެއްލައިދޫ ސްކޫލެވެ. 13 އަހަރުން ދަށުގެ ކެޓަގަރީގެ މިމެޗު ނިމުނީ 4 ޕޮޓް 4 ޕޮޓުން އެއްވަރުވެގެންނެވެ. ވާދަވެރި ކުޅެ އެއްވަރުވެގެން ނިމުނު މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ނެއްލައިދޫ ސްކޫލުގެ ސެންޓަރ ސާރާ އަހްމަދެވެ.

އިއްޔެ ކުޅެވުނު 13 އަހަރުން ދަށުގެ 2 ވަނަ މެޗުގައި އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލް ބައްދަލުކުރި މެޗު ނިމުނީ ތަފާތު ބޮޑުކޮށް އަފީފުއްދީން މޮޅުވެގެންނެވެ. 13 - 1 ން އަފީފުއްދީނުން މިމެޗު ކާމިޔާބުކުރިއިރު މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އަފީފުއްދީނުގެ ސެންޓަރ އައިމިނަތު އައުހާ އަބްދުއްރަހްމާނެވެ.

17 އަހަރުން ދަށުގެ ކެޓަގަރީގައި ވެސް އިއްޔެ ވަނީ ދެ މެޗެއް ކުޅެފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ޖަލާލުއްދީން ސްކޫލުން ނުކުތީ ނޮޅިވަރަމް ސްކޫލާ ދެކޮޅަށެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗު ނިމިފައިވަނީ 13 ޕޮޓް 13 ޕޮޓުން ދެޓީމު އެއްވަރުވެގެންނެވެ. ހަމަހަމަ ނަތީޖާއެއް ނުކުތް މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޖަލާލުއްދީނުގެ ގޯލް އެޓޭކް އައިޝަތު އަމަތުﷲ އެވެ.

އިއްޔެގެ ފަހު މެޗަކީ އިއްޔެ ކުޅެވުނު އެންމެ ތަފާތު އެއް މެޗެވެ. 17 އަހަރުން ދަށުގައި ވާދަކޮށް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އަފީފުއްދީން ސްކޫލުން ވަނީ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށް މުޅި މެޗު ޑޮމިނޭޓްކޮށްފަ އެވެ. ނެއްލައިދޫ ސްކޫލާއި ވާދަކޮށް އަފީފުއްދީނުން މިމެޗު ގެންދިޔައީ 52 ޕޮޓް 3 ޕޮޓުންނެވެ. މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ އަފީފުއްދީނުގެ ގޯލް އެޓޭކް ލަމްޔާ އަބްދުﷲ އެވެ.

މުބާރާތުގައި މިއަދު 6 މެޗެއް ކުޅެވޭނެ އެވެ. 15 އަހަރުން ދަށުގެ ބައިގައި މިއަދު 6 ޖަހާއިރު ކުޅެވޭ މެޗުގެ ހދ. އޭއީސީން ޖަލާލުއްދީން ސްކޫލާއި ދެކޮޅަށް ނުކުންނައިރު އަނެއް މެޗުގައި 7 ޖަހާއިރު ވާދަކުރާނީ ނެއްލައިދޫ ސްކޫލާއި ކުމުންދޫ ސްކޫލެވެ.

ހަވީރު 3.45 ގައި ކުޅެވޭ މެޗުގައި 13 އަހަރުން ދަށުގެ ބައިގައި ހދ. އޭއީސީން ފުނަދޫ ސްކޫލާއި ވާދަކުރާއިރު އަނެއް މެޗުގައި 4.45 ގައި ނެއްލައިދޫ ސްކޫލް ނުކުންނާނީ ޖަލާލުއްދީން ސްކޫލާއި ދެކޮޅަށެވެ.

17 އަހަރުން ދަށުގެ ބައިން މިރޭ 8 ޖަހާއިރު ޖަލާލުއްދީން ސްކޫލާއި ހދ. އޭއީސީ ވާދަކުރާއިރު އަފީފުއްދީން ސްކޫލުން 9 ޖަހާއިރު ކުޅެވޭ މެޗުގައި ނުކުންނާނީ ނޮޅިވަރަމް ސްކޫލާއި ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355