twitterviber whatsapp telegramfacebookyoutube instagram
1st May 2024

ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ފައިވް، ކުއިން އޮފްދަ ޓޯނަމެންޓްއަކަށް ރާޝިދާ

ނަބީލާ އިސްމާޢީލް
Nov 26, 2023

ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ކުޅުދުއްފުށީގެ އަންހެނުންނަށް ބޭއްވި ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ފައިވް ހޯދި އިރު މުޅި މުބާރާތުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފައިވަނީ ކޭވައިއާރުސީގެ ގޯލް އެޓޭކް ރާޝިދާ މޫސާ އެވެ.

ފައިނަލްގައި ރޭ ޓީމް ފައިވް އާއި ކޭވައިއާރުސީ ބައްދަލުކުރި މެޗު ޓީމް ފައިވްއިން ކާމިޔާބުކޮށްފައިވަނީ 30 ޕޮޓް 25 ޕޮޓުން ނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ފައިވްގެ ގޯލް ކީޕާރ ސާމާ އަބްދުއްސައްތާރެވެ.

ޗެމްޕިއަންކަން ފައިވް ހޯދާފައިވާއިރު ރަނަރަޕް ޓީމަކަށް ކޭވައިއާރުސީ އަދި ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ޔުނީކް ފުރެންޑްސް އެވެ.

މުބާރާތުގެ އެންމެ މޮޅު 7 ކުޅުން ތެރިންނަށް ހޮވިފައިވަނީ:

  • ނަރީމާ އަބްދުރަހުމާން- އަފީފުއްދީން އެސްއާރުސީގެ ސެންޓަރ
  • ޝާހިދާ މޫސާ- ކޭވައިއާރުސީގެ ސެންޓަރ
  • ސާދުނާ މުހައްމަދު- ކޭވައިއާރުސީގެ ގޯލް ކީޕަރ
  • ސުވައިދާ މުހައްމަދު- ކޭވައިއާރުސީގެ ގޯލް ޝޫޓް
  • އިކްރާމާ އަބްދުއްސަލާމް- ފައިވްގެ ސެންޓަރ
  • ޔުމްނާ އަލީ- ފައިވްގެ ގޯލް އެޓޭކް
  • މިންނާ ހަސަން- ފައިވްގެ ގޯލް ޑިފެންސް

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އަދި މުބާރާތުގައި ކުޅުނު އުމުރުން އެންމެ ދޮށީކުޅުންތެރިޔާ ވަނީ ހޮވާފަ އެވެ.

އުމުރުން އެންމެ ދޮށީ ކުޅުންތެރިޔާ:

އަމީނާ މުހައްމަދު- (ކެޑް)

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ

އާއިޝަތު އާޔާ އަލީ - (ޓީމް ފައިވްގެ)

ކުއިން އޮފްދަ ޓޯނަމެންޓް

ރާޝިދާ މޫސާ- ކޭވައިއާރުސީގެ ގޯލް އެޓޭކް

16 އަހަރުން މަތީގެ ކުޅުދުއްފުށީ ކޮންމެ އަންހެނަކަށް ކުޅެވޭ ގޮތަށް ހުޅުވާލި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާ ވަނީ ދީފަ އެވެ. ކުޅުދުއްފުށީގެ އަންހެނެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ ކުޅުދުއްފުށީ މީހެއް ނަމައެވެ. މީގެ އިތުރުން ކުޅުދުއްފުށީ މީހަކާ ކައިވެނިކޮށްގެން އުޅޭ ރަށުން ބޭރު މީހުންނަށް މި މުބާރާތުގައި ކުޅެވޭނެ އެވެ.

މި މުބާރާތުގައި ހޮވާފައިވަނީ ޗެމްޕިއަން ޓީމް، ރަނަރަޕް ޓީމް، ފެއާ ޕްލޭ ޓީމް، ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އާއި އެންމެ މޮޅު 7 ކުޅުންތެރިން އަދި އުމުރުން އެންމެ ދޮށީކުޅުންތެރިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355