twitterviber whatsapp telegramfacebookyoutube instagram
28th April 2024

ނެޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިރޭ ފައިވް އާއި ކޭވައިއާރުސީ

ނަބީލާ އިސްމާޢީލް
Nov 25, 2023
1

ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ކުޅުދުއްފުށީގެ އަންހެނުންނަށް ބާއްވާ ނެޓްބޯޅަ މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ ގުރޫޕް އޭގެ 1 އެއްވަނަ ޓީމް ކޭވައިއާރުސީ އަދި ގުރޫޕް ބީގެ 1 ވަނަ ޓީމް ފައިވް އެވެ.

މިރޭ 20:15ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލްގައި ކުޅޭ ދެ ޓީމަކީ ގުރޫޕް ސްޓޭޖްގެ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލްއަށް ދަތުރުކޮށްފައިވާ 2 ޓީމެވެ.

ގުރޫޕް އޭގައި ހިމެނެނީ އަފީފުއްދީން އެސްއާރުސީގެ، ކެޑްގެ އިތުރުން ކޭވައިއާރުސީ އަދި ޓީމް މަންތާއެވެ. ގުރޫޕް ބީގައި ހިމެނެނީ ޔުނިކް ފުރެންޑްސްގެ އިތުރުން ފައިވް އަދި ކޭވައިއާރުސީ އެކަޑެމީ އެވެ.

ކުރިން މި މުބާރާތުގެ ފައިނަލް ކުޅުމަށް ތާވަލްކުރެވިފައިވަނީ ހުކުރު ދުވަހުގެ ރޭ އެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލްގެ 2 ވަނަ މެޗް ވިއްސާރަ ވުމުގެ ސަބަބުން މެދުކަނޑާލަން ޖެހުމުން ހުކުރު ދުވަހުގެ ހަވީރު ކުޅެފައިވަނީ ސެމީ ފައިނަލްގެ 2 ވަނަ މެޗްގެ ނުނިމި އޮތް 2 ކުއާޓާ އެވެ.

16 އަހަރުން މަތީގެ ކުޅުދުއްފުށީ ކޮންމެ އަންހެނަކަށް ކުޅެވޭ ގޮތަށް ހުޅުވާލި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. ކުޅުދުއްފުށީގެ އަންހެނެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ ކުޅުދުއްފުށީ މީހެއް ނަމައެވެ. މީގެ އިތުރުން ކުޅުދުއްފުށީ މީހަކާ ކައިވެނިކޮށްގެން އުޅޭ ރަށުން ބޭރު މީހުންނަށް މި މުބާރާތުގައި ކުޅެވޭނެ އެވެ.

ރަށުން ބޭރުން ކުޅުންތެރިން ނުގެނެވޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ ޗެމްޕިއަން ޓީމް، ރަނަރަޕް ޓީމް، ފެއާ ޕްލޭ ޓީމް، ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އާއި އެންމެ މޮޅު 7 ކުޅުންތެރިން އަދި އުމުރުން އެންމެ ދޮށީކުޅުންތެރިޔާ ހޮވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355