twitterviber whatsapp telegramfacebookyoutube instagram
1st May 2024

ޓީމް ލިސްޓްގައި ނެތް ކުޅުންތެރިއަކު އަރުވައިގެން ކުޅުނު މެޗު އަލުން ކުޅެން ނިންމައިފި

އަބްދުލް ވާހިދު ޙަސަން
Nov 20, 2023
3

ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން އިންތިޒާމްކޮށްގެން މިހާރު ކުޅުދުއްފުށީގައި ކުރިއަށްދާ ކަނބަލުންގެ ނެޓްބޯޅަ ޗެލެންޖުގައި ރޭގަ ކުޅުން މެޗެއްގައި ޓީމް ލިސްޓުގައި ހިމަނާފައިނުވާ ކުޅުންތެރިއަކު އަރުވައިގެން ކުޅުން މެޗެއް އަލުން ކުޅުމަށް ނިންމައިފި އެވެ.

ޓީމް ލިސްޓްގައި ހިމަނާފައިނުވާ ކުޅުންތެރިއަކު ކުޅުމަށް އަރުވާފައިވަނީ ޓީމް "ފައިވް" އިންނެވެ. މި މެޗުގައި ބައްދަލުކޮށްފައިވަނީ ޓީމް ފައިވް އާއި ޔުނީކް ފްރެންޑް އެވެ. މި މެޗުގައި މޮޅުވެފައިވަނީ 30 ޕޮޓް 17 ޕޮޓުން ފައިވް އެވެ. އެ ކުޅުންތެރިޔާ ޓީމް ލިސްޓްގައި ނެތުމުން ރޭގެ ފުރަތަމަ މެޗު ފެށުންވެސް ވަނީ ތާވަލްގައިވާ ގަޑިއަށްވުރެށް ލަސްވެފަ އެވެ.

މި މެޗްގެ މައްސަލަ ފެންމަތިވެފައިވުމުން މިއަދު ވަނީ މުބާރާތުގައި ކުޅޭ ޓީމްތަކުގެ މެނޭޖަރުންނާއި މުބާރާތް އިންތިޒާމުކުރާ ފަރާތުން ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ.

މި ބައްދަލުވުމުގައި މުބާރާތް އިންތިޒާމު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ ޓީމް ލިސްޓް ހުށަހަޅަން އިން މުއްދަތުގައި އެ ކުޅުންތެރިޔާގެ ނަމާއި އައިޑީކާޑު ހުށަހަޅާފައި ނުވާކަމަށެވެ. އެހެންކަމުން މި މުބާރާތުގެ އެއްވެސް މެޗެއްގައި އެ ކުޅުންތެރިޔާއަށް ނުކުޅެވޭނެ ކަމަށާއި އެ ކުޅުންތެރިޔާ އަރުވައިގެން ރޭގައި ކުޅުން މެޗް ކެންސަލްކޮށް އަލުން އެ މެޗް ކުޅުމަށް ނިންމާފައިވާ އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ކޭއޯއަށް މައުލޫމާތު ދީފައިވެއެވެ.

މި މައްސަލަ މި ގޮތަށް ދިމާވީ އިންތިޒާމްކުރާ ފަރާތުގެވެސް ކުށުން ކަމަށް ފާހަގަކޮށް ހުރިހާ ޓީމްތަކުގެ އަރިހުން އިންތިޒާމު ކުރާ ފަރާތް ވަނީ މާފަށް އެދެފަ އެވެ.

މުބާރާތުގެ ގަވައިދު ބުނާގޮތުން މުބާރާތުގެ އެއްވެސް މެޗަކާމެދު މައްސަލައެއް އޮތްނަމަ އެމައްސަލަ ހުށަހަޅަންވާނީ މެޗް ނިމޭތާ 2 ގަޑިއިރުތެރޭގައި ލިޔުމަކުން ކުލަބުގެ އިދާރާއަށެވެ. އަދި މި ގަވައިދުގައި ނުހިމެނޭ މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ނިންމާނީ މުބާރާތުގެ އިންތިޒާމް ކޮމެޓީން ކަމަށާއި އެ ނިންމުމަށް ހުރިހާ ޓީމަކުން އިހުތިރާމް ކުރަން ވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355