twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް މިހާރު އިމާރާތް ކުރެވެމުންދާ ރޯހައުސް ހޯދުމުގެ ފުރުޞަތު އެބައޮތް: ކައުންސިލަރ

Jun 3, 2011

މުހައްމަދު އާދަމް

ކުޅުދުއްފުށީގައި ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު އިމާރާތް ކުރެވެމުންދާ ރޯހައުސް ބޭނުން ފަރާތްތަކަށް އެފުރުޞަތު އެބައޮތްކަމުގައި ކުޅުދުއްފުށީ ކައުންސިލަރު ހާމަކުރައްވައިފިއެވެ.

ކުޅުދުއްފުށިން ގެވަޅު ދޫކުރުމުގެ މަސައްކަތް އޮތް ހިސާބާއި ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލަރ ވިދާޅުވީ ބޭނުންވަނީ ބޯހިޔާވަކަން ރައްޔިތުންނަށް ފޯރުކޮށްދޭންކަމަށާއި ރޯހައުސްގެ ޒަރިއްޔާއިން ނަމަވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށެވެ. އަދި މިހާރު އިމާރާތްކުރެވެމުންދާ ރޯހައުސްތައް، ގެވަޅަށް އެދި ފޯމް ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ރޯހައުސް ބޭނުންވާ ފަރާތްތަކަށް އިސްކަންދީގެން ހަވާލު ކުރައްވާނެކަމަށް ކައުންސިލަރު ވިދާޅުވިއެވެ.

“ގެވަޅު ދޫކުރުމަށް އެދި މިދިޔަ އަހަރު ރަށު އޮފީހުން ކުރި އިޢުލާނާއި ގުޅިގެން އެބަހުރި ހާހަކަށްވުރެ ގިނަ ފަރާތުން ފޯމު ހުށައަޅާފަ. މިހާރު އެފޯމުތައް ބަލާފާސްކުރުމުގެ މަސައްކަތް ކުރިއަށްއެބަދޭ.” ކުޅުދުއްފުށީ އޮންލައިންއަށް ޖަމްޝީދު ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ. “ގެވަޅަށް އެދިފައިތިބި ފަރާތްތަކުގެ ތެރެއިން ރޯހައުސް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އެބައޮތް.”

ސަރުކާރުގެވެސް އަދި ކައުންސިލުގެވެސް އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއިއެކު ބޯހިޔާވަހިކަން ފޯރުކޮަށްދިނުންކަމަށް ކައުންސިލުން ބުނެއެވެ. އަދި ރައްޔިތު މީހާގެވެސް އުއްމީދަކީ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން (އަތްފޯރާފަށުގައި) ލިއްބައިދިނުމެވެ.

ކުޅުދުއްފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަން ފިލުވައިދިނުމަށް ސަރުކާރުން ކުޅުދުއްފުށީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން އަޅާ ފުރަތަމަ 200 ގެ މިހާރުވަނީ ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވިފައެވެ. އޭގެތެރެއިން 40 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ނޫމަޑި ކޮންޕެނީއިން މިހާރު ދަނީ ކުރަމުންނެވެ. ގެތައް ރައްޔިތުންނަށް ދޫކުރާނެ ގޮތެއް އަދި ކައުންސިލްއިން ނުނިންމާ ކަމަށާއި ވަރަށް އަވަހަށް އެކަމަށް އުސޫލެއް ކަނޑައަޅާނެކަމަށް ކައުންސިލްގެ ފަރާތުން މިނޫހަށް މައުލޫމާތު ލިބިފައިވެއެވެ.

ހަސަނާތު މިސްކިތުގެ ކުރިމަތީގައި ނޫމަޑި ކޮމްޕެނީއިން އިމާރާތްކުރަމުން ގެންދާ ރޯހައުސްތަކުގެ އިތުރުން ޖަލާލުއްދީން ސްކޫލުގެ އުތުރުގައި އެޗްޑީސީއިން ދަނީ 100 ރޯހައުސް އެޅުމުގެ މަސައްކަތް ކުރަމުންމެވެ. އެގޮތުން ފުރަތަމަ 25 ގެ އިމާރާތްކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ކައިރިވެފައެވެ. އެޗްޑީސީއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ރޯހައުސްތައް ވިއްކާނީ ހައުސިންގ ޑެވެލޮޕްމަންޓް ފައިނޭންސް ކޮމްޕެނީ (އެޗްޑީއެފްސީ) ގެ ހައުސިންގ ލޯނު ސްކީމުގެ ދަށުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355