twitterviber whatsapp telegramfacebookyoutube instagram
26th April 2024

ވަޅީގެ ހަމަލާގައި ގޮހޮރަށް ބޮޑެތި ގެއްލުންތަކެއް، އޮޕަރޭޝަން ކާމިޔާބު

އަބްދުލް ވާހިދު ޙަސަން
Nov 9, 2022
1

ށ މާއުނގޫދޫގައި ހިނގި މާރާމާރީއާ ގުޅިގެން ޒަހަމްވެގެން ކުޅުދުއްފުއްޓަށް ގެނައި މީހާ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ. 31 އަހަރުގެ މި ފިރިހެން މީހާ ކޭއާރުއެޗަށް ގެނައީ އޭނާގެ ވަޅީގެ ހަމަލާއެއް ބަނޑަށް ލިބުނު ޒަހަމުތަކަކާއެކު، ހާލު ސީރިއަސްވެގެންނެވެ.

މިއަދު 05:00 ގައި ހޮސްޕިޓަލުގެ އެމަޖެންސީ ޑިޕާޓްމެންޓަށް މާއުނގޫދޫއަށް ނިސްބަތްވާ ފިރިހެނެއް ގެނެވުނީ ވާތު އަރިކަށްޓަށް ލިބިފައިވާ ޒަހަމަކާއެކުއެވެ. އަދި ވަގުތުން ފަރުވާދެވި، އިތުރު ބެލުންތައް ބެލުމަށް ސީޓީ ސްކޭން ހެދުނުކަމަށް ކޭއާރުއެޗުން މައުލޫމާތުދިނެވެ.

އައިޖީއެމްއެޗްގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމުން އަދި ކޭއާރުއެޗުގެ ސާޖަރީ ޑިޕާރޓްމެންޓުން ވިދާޅުވި ގޮތުގައި ސީޓީ ސްކޭނުން ފާހަގަވި ކަންތައްތަކަށް ބަލައި، ޑައިގްނޯސްޓިކް ލެޕަރޮސްކޯޕިކް ސާޖަރީއެއް ހެދުމަށް ނިންމާ، ބަނޑު ބޮޑަށް ކަފާނުލައި ކެމެރާގެ ޒަރީއާއިން އިތުރަށް ބެލިބެލުމުން، ފަލަ ގޮހޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އިތުރު އޮޕަރޭޝަނެއް ކުރުމަށް ނިންމުނެވެ.

ތިއޭޓާރގައި ޖުމްލަ 3 ގަޑިއިރަށްފަހު މިހާރުވަނީ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަމަށާއި ބަލިމީހާގެ ހާލަތު މިހާރު ރަނގަޅު ނަމަވެސް، ފުރަތަމަ 24 ގަޑިއިރު އޮބްޒަވޭޝަންގައި އައިސީޔޫގައި ބޭއްވުމަށް ނިންމާފައިވާކަމަށް ކޭއާރުއެޗުން މައުލޫމާތުދެ އެވެ. އަދި ގޮހޮރަށް ގެއްލުން ލިބިފައިވާ ބައި ބުރިކޮށްލެވިފައިވާއިރު، މީގެ ދެ މަސް ދުވަސް ފަހުން އަދި އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭނެކަމަށް ޑޮކްޓަރުންގެ ޓީމުން އިރުޝާދު ދީފައިވާކަމަށްވެސް ހޮސްޕިޓަލުން ބުނެ އެވެ.

މި އޮޕަރޭޝަނުގައި އައިޖީއެމްއެޗްގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމްގައި ހިމެނޭ ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ސީނިޔަރ ކޮންސަލްޓަންޓް އިން ޖެނަރަލް ސާޖަރީ، ޑރ އަބްދުﷲ އުބައިދު މޭޖަރ ސާރޖަންއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ޕްލާސްޓިކް ސާޖަރީގެ ދާއިރާގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ. މުހައްމަދު ވަހީދު، އައިޖީއެމްއެޗްގެ ފަރާތުން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ކޮންސަލްޓެންޓް ސާރޖަން ޑރ. ކާމިލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސާރޖަން، ޑރ. ޚާލިދު ބައިވެރިވެވަޑައިގެންނެވިކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355