twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަފީފުއްދީނުން ފަސޭހަކަމާއެކު މެޗުތަކުން މޮޅުވިއިރު ޖަލާލުއްދީނާއި ނެއްލައިދޫއަށް ވެސް މޮޅެއް

މުޙައްމަދު އަހުމަދު
Nov 10, 2022

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ނާމް) އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ފަސްޓް ޒޯން ނެޓްބޯލް މުބާރާތުގެ ނޯދާން ޒޯނުގައި އިއްޔެ އަފީފުއްދީން ސްކޫލުން ކުޅުނު ހުރިހާ މެޗެއް ފަސޭހަކަމާއެކު ކާމިޔާބުކުރިއިރު ޖަލާލުއްދީނާ ނެއްލައިދޫ ސްކޫލުން ވެސް މޮޅެއް ހޯދައިފި އެވެ.

15 އަހަރުން ދަށުގެ ފުރަތަމަ މެޗުގައި އިއްޔެ ޖަލާލުއްދީނުން ވަނީ ނޮޅިވަރަމް ސްކޫލާ ބައްދަލުކޮށް ވާދަވެރި ކުޅުމަކަށްފަހު މެޗު ކާމިޔާބުކޮށްފަ އެވެ. 13 - 9 ން ޖަލާލުއްދީނުން މިމެޗު ކާމިޔާބުކުރިއިރު މެޗުގެ ކުއީން އަކަށް ހޮވުނީ ޖަލާލުއްދީނުގެ ވިންގް އެޓޭކް މަރިޔަމް މީސާ މުޖުތަބާ އެވެ.

ދެވަނަ މެޗުގައި އަފީފުއްދީނުން ވަނީ 21 - 19 ގެ ނަތީޖާއަކުން ކުމުންދޫ ސްކޫލް ކައިރިން މޮޅުވެފަ އެވެ. މިމެޗުގެ ކުއީން އޮފް ދަ މެޗުގެ މަގާމު ގެންދިޔައީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އަފީފުއްދީނުގެ ވިންގް ޑިފެންސް ރާހާ އަބްދުއްރައްޒާގެވެ.

13 އަހަރުން ދަށުގެ އުމުރުފުރާއިން އިއްޔެ ކުޅެވުނު މެޗުތަކުން އަފީފުއްދީނާއި ޖަލާލުއްދީން ވަނީ މޮޅުވެފަ އެވެ. 29 - 1 ގެ ބޮޑު ތަފާތަކުން އޭއީސީގެ މައްޗަށް އަފީފުއްދީނުން ކުރިހޯދިއިރު މެޗުގެ ކުއީން އަކަށް ހޮވުނީ އަފީފުއްދީނުގެ ގޯލް އެޓޭކް މަރިޔަމް ނާޔާ އެވެ. އަދި ޖަލާލުއްދީނުން ވަނީ 11 - 5 ން ފުނަދޫ ސްކޫލުގެ މައްޗަށް ކުރި ހޯދާފަ އެވެ. މިމެޗުގެ ކުއީންއަކަށް ހޮވުނީ ޖަލާލުއްދީނުގެ ގޯލް ޑިފެންސް އައިމިނަތު ނައިނާ އަބްދުﷲ އެވެ.

ރޭ ކުޅެވުނު 17 އަހަރުން ދަށުގެ ބައިގައި ވެސް ފޯރިގަދަ ކުޅުމެއް ހުރިހާ ޓީމެއްގެ ފަރާތުން ވެސް ފެނިގެންގޮސްފައިވާއިރު 14 - 12 ގެ ނަތީޖާއަކުން ނެއްލައިދޫ ސްކޫލުން ވަނީ ހދ އޭއީސީ ބަލިކޮށްފަ އެވެ. މެޗުގެ ކުއީންއަކަށް ހޮވުނީ ނެއްލައިދޫގެ ހުނަރުވެރި ސެންޓަރ ފާތިމަތު ލަމްޔާ އެވެ.

އަދި އަނެއް މެޗުގައި އަފީފުއްދީނުން ވަނީ ފަސޭހަކަމާއެކު ޖަލާލުއްދީނުގެ މައްޗަށް ކުރިހޯދާފަ އެވެ. މިމެޗު އަފީފުއްދީނުން ކާމިޔާބުކުރީ 38 - 12 ންނެވެ. މެޗުގެ ކުއީން އޮފް ދަ މެޗުގެ މަގާމު ހާސިލްކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަފީފުއްދީނުގެ ސެންޓަރު އަޔާނާ އަބްދުއްރަޝީދު އަހްމަދެވެ.

މުބާރާތުގައި ހުރިހާ އުމުރުފުރާއަކުން ވެސް އެންމެ މޮޅު ކުޅުމެއް އަފީފުއްދީން ސްކޫލުން ދައްކަމުން އަންނައިރު ޖަލާލުއްދީނާއި އޭއީސީ ވެސް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި ކުޅުދުއްފުށީގެ ސްކޫލުތަކުގެ އިތުރުން މިމުބާރާތުގައި ވާދަކުރާ ޓީމުތަކުން ވެސް އަންނަނީ ރަނގަޅު ފައިޓެއް ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355