twitterviber whatsapp telegramfacebookyoutube instagram
5th May 2024

އަނިޔާގައި ހުރި ނަމަވެސް ސޮންއަށް ދެކުނު ކޮރެއާގެ ވޯލްޑްކަޕް ސްކޮޑުން ޖާގަ ދީފި

މުޙައްމަދު އަހުމަދު
Nov 12, 2022

ޗެމްޕިއަންސް ލީގުގައި މިމަހު ކުރީކޮޅު ޓޮޓެންހަމާ މާސޭ ބައްދަލުކުރި މެޗުގެ ތެރެއިން ކަނާތު ލޮލުގެ ކަށިގަނޑަށް އަނިޔާވި ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކެޕްޓަން އަދި ޓޮޓެންހަމްގެ ހުނަރުވެރި ކުޅުންތެރިޔާ ސޮން ހުއެން-މިން ކޮރެއާއިން ވޯލްޑްކަޕަށް ނެގި 26 ކުޅުންތެރިންގެ ސްކޮޑްގައި ހިމެނިއްޖެ އެވެ.

ކޮރެއާގެ ހެޑް ކޯޗު ޕައުލޯ ބެންޓޯ ވަނީ 30 އަހަރުގެ ސޮން ގައުމީ ޓީމަށް ނަގާފަ އެވެ. ސޮން ގައުމީ ޓީމަށް ނަގާފައިވަނީ ސޮން އޭނާ ކޮރެއާ ގައުމީ ޓީމަށް ކުޅެން ފިޓްކަމަށް ހާމަކުރީމަ އެވެ.

ޕައުލޯ ބެންޓޯ ބުނީ ސޮންއާ އަދި ޓޮޓެންހަމުގެ މެޑިކަލް ޑިޕާޓްމެންޓާ ވާހަކަ ދެކެވެމުން އަންނަކަމަށާއި އެހެންނަމަވެސް ގައުމީ ޓީމާއެކު ސޮންއަށް ޓްރެއިން ކުރެވޭނެ ވަގުތާ ދުވަހުގެ ތަފްސީލް އަދި ނުލިބޭ ކަމަށެވެ. އޭނާ މިހެން ބުނެފައިވަނީ މިއަދު ގައުމީ ސްކޮޑް އިއުލާން ކުރުމަށްފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަމުންނެވެ.

"އެހެންކަމުން އަހަރެމެން އެބަ ޖެހޭ މަޑު ކުރަން. ދުވަހެއް ދުވަހަކަށް އޭނާގެ ހާލަތު ދެނެގަންނަން ޖެހޭ. އަހަރެމެންނަށް ވަގުތު އެބައޮތް ގޮތެއް ނިންމުމަށް އަދި އެންމެ މުހިންމު ކަމަކީ މިވަގުތު ސޮން ރިކަވާވުން އަދި އޭނާ ޓީމާއެކު ހިތްހަމަޖެހޭ ވަރުވުމުން އަހަރެމެން ފައިނަލް ނިންމުން ނިންމާނީ." ޕައުލޯ ބެންޓޯ ބުންޏެވެ.

ސޮން ވަނީ އަނިޔާއިން ރަނގަޅުވުމަށް އޮޕަރޭޝަން ވެސް ކޮށްފަ އެވެ. އަދި ސޮން ބުނީ ބޭނުންވެއްޖެނަމަ ގަތަރު ވޯލްޑް ކަޕުގައި ކުޅުމަށް ސަލާމަތީ މާސްކެއް ވެސް އަޅާނެކަމަށެވެ.

މިފަހަރުގެ ދެކުނު ކޮރެއާގެ ސްކޮޑްގައި ޕްރިމިއާ ލީގުގެ ވުލްވުސްއަށް ކުޅޭ ފޯވާޑް ހީ-ޗަން ހުވަން ވެސް ހިމެނެ އެވެ.

ގްރޫޕް އެޗްގައި ހިމެނޭ ކޮރެއާއިން އެޓީމު ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި މިމަހު 24 ގައި ނުކުްނާނީ އުރުގުއޭއާ ދެކޮޅަށެވެ. 28 ވަނަ ދުވަހު ގާނާއާ ބައްދަލުކުރާއިރު ޑިސެމްބަރު 2 ގައި ކޮރެއާ ނުކުންނަން ޖެހޭނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355