twitterviber whatsapp telegramfacebookyoutube instagram
4th November 2025

ސަލަފް އާއި ހިރަފުސް ޖަމިއްޔާ ގުޅިގެން ނަމާދު ވޯކްޝޮޕެއް

ނަބީލާ އިސްމާޢީލް
Nov 13, 2022
1

ހިރަފުސް ޖަމިއްޔާ އާއި ޖަމިއްޔަތުލް ސަލަފް ގުޅިގެން ކުޅުދުއްފުށީގައި ނަމާދު ވޯކްޝޮޕެއް ބާއްވަން ނިންމާ ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ހިރަފުސް ޖަމިއްޔާގެ ހިނގާ ކޮމެޓީގެ މެމްބަރު ފަރުހަތު މުހައްމަދު ކޭއޯއަށް ވިދާޅުވީ މި ވޯކްޝޮޕްގައި ފަރުޟު ނަމާދުތައް އެންމެ ފުރިހަމައަށް ކުރާނެ ގޮތުގެ އިތުރުން ސުންނަތް ނަމާދުތަކާއި ކަށުނަމާދު ކުރާނެ ގޮތްވެސް ދަސްކޮށްދެވޭނެ ކަމަށެވެ.

އަދި މި ޕްރޮގުރާމުގައި ނަމާދުގެ ހަރަކާތްތަކުގެ އިތުރުން ނަމާދުގައި ކިޔާތަކެތިވެސް ދަސްކޮށްދޭނެ އެވެ.

ސަލަފާ ގުޅިގެން ހިންގާ މި ނަމާދު ވޯކުޝޮޕަކީ އެއްވެސް ފީއަކާއި ނުލައި ހިލޭ ހިންގޭ ވޯކުޝޮޕެއް ކަމުގައި ފަރުހަތު ވިދާޅުވި އެވެ. އަދި މި ވޯކްޝޮޕްގައި ބައިވެރިވުމަށް ނަންނޯޓް ކުރާ ހުރިހާ ކުދިންނަށްވެސް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަކަމަށް އޭނާ ވިދާޅުވި އެވެ.

މި ވޯކުޝޮޕުގައި ބައިވެރިވެވޭނީ އުމުރުން 8 އަހަރުން ފެށިގެން 12 އަހަރާ ދެމެދުގެ ދެޖިންސުގެ ކުދިންނަށެވެ. ވޯކުޝޮޕުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ މުއްދަތު ހުޅުވާލާފައި އޮތީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމާދުތައް ދަސްކޮށްދިނުމުގެ އިތުރުން އެހެނިހެން ދީނީ ހޭލުންތެރިކަން ހިނގުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕް ފަށާނީ މި ނޮވެމްބަރު މަހު 17 ވަނަ ދުވަހު އެވެ. 3 ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ އޮންލައިން ފޯމް މެދުވެރިކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355