twitterviber whatsapp telegramfacebookyoutube instagram
19th April 2024

ފަން ރަންގައި ބައިވެރިވުމުގެ މުއްދަތު ހަމަވަނީ

ނަބީލާ އިސްމާޢީލް
Nov 13, 2022

މި މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމެޖެހިފައިވާ "އުރީދޫ ފަން ރަން" ގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ. ދުވުމުގައި ބައިވެރިވުމަށް ރެޖިސްޓާ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕުލެޓްފޯމް މެދުވެރިކޮށެވެ.

މި ދުވުމުގައި 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށް އުރީދޫން ބުންޏެވެ.

ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއް ކަމުގައި ހެދުމުގެ މަގުސަދުގައި ކުރިއަންގެންދާ މި ދުވުމުގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ގައިގަ ކުލަ ހޭކުމުގެ އިތުރުން ފެން ޖެހުމާއި އިތުރު މަޖާ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެއެވެ.

ކުރިން އުރީދޫއިން ބާއްވަމުން އައި ކަލަރ ރަން މިވަނީ އަޕްގްރޭޑް ކޮށްލާފައެވެ. ކުރީގައި ނަމަ ޖަހާނީ ހަމަ އެކަނި ކުލައެވެ. ނަމަވެސް މި ފަހަރު ކުލަ ޖެހުމުގެ އިތުރުން އިތުރު ހަރަކާތްތައް މިވަނީ ހިމަނާފައެވެ. އިތުރަށް މަޖާކޮށްލުމުގެ ގޮތުން ބައެއް އޮބްސްޓެކަލްވެސް މި ރޭހުގެ ތެރޭގައި ހިމަނާފައިވާނެކަމުގައި އުރީދޫއިން ބުނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

ރަން ކިޓްތައް ލިބެން ހުންނަ 2 ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާއެވެ. 200އަދި ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެއެވެ.

ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ 23 ނޮވެމްބަރ ގައި ހުޅުމާލޭގެ ސެންޓްރަލް ޕާރކުގައެވެ. އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ފަން ރަން ގައި ބައިވެރިވުމަށް، އުރީދޫއިން ދައުވަތު އަރުވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355