twitterviber whatsapp telegramfacebookyoutube instagram
20th April 2026

ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ލަންޑަނަށް

ނަބީލާ އިސްމާޢީލް
Nov 14, 2022

އެމެރިކަން އެކްސްޕްރެސް ކާޑުން ވިޔަފާރިކޮށްގެން ލަންޑަން ދަތުރެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ޕްރޮމޯޝަންގައި ހިމެނޭނެ ކަމަށެވެ.

ލަންޑަން ދަތުރުގެ އިތުރުން ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބިގެންދާނެ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި ދެ މީހަކަށް ލަންޑަން ދެކޮޅު ޓިކެޓާއެކު ދަތުރުގެ ހަރަދުގެ ގޮތުގައި 1،000 ޕައުންޑް ލިބޭނެ އެވެ. އޭގެ އިތުރުން ޕްރޮމޯޝަންގެ މުއްދަތުގައި ހަފުތާއަކު ދެ މީހަކަށް 5،000 ރުފިޔާ ލިބޭނެ އެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ މި މަހު 13އިން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުއްދަތުގައި އެމެކްސް ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ކުރާ ވިޔަފާރިތައް ޕްރޮމޯޝަންގައި ހިމެނޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355