twitterviber whatsapp telegramfacebookyoutube instagram
5th May 2024

ގަތަރު ވޯލްޑްކަޕް ކުޅޭ ސްޓޭޑިއަމްތަކުގައި ރާ/ބިޔަރު ނުވިއްކާނެ: ފީފާ

މުޙައްމަދު އަހުމަދު
Nov 18, 2022

ދުނިޔޭގައި ބާއްވާ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ގަތަރު ވޯލްޑް ކަޕް 2022 ފެށުމުގެ 48 ގަޑިއިރު ކުރިން ދުނިޔޭގެ ފުޓްބޯޅައިގެ ބެލެނިވެރި އިދާރާ ފީފާއިން މިފަހަރުގެ ވޯލްޑް ކަޕުގެ 64 މެޗު ބާއްވަން ހަމަޖެހިފައިވާ 8 ސްޓޭޑިއަމްގައި ވެސް ރާ ނުވިއްކޭނެކަން ވަނީ ޔަގީންކޮށްދީފަ އެވެ.

ފީފާއިން ނެރުނު ސްޓޭމަންޓްގައި ބުނެފައިވަނީ މުބާރާތުގެ ހޯސްޓް ގައުމުގެ ކުޅިވަރުގެ އިދާރާތަކާއި ފީފާއާއި ދެމެދު ބޭއްވުނު މަޝްވަރާގެ ބައްދަލުވުންތަކަށް ފަހު ނިމިފައިވަނީ ފީފާ ފޭން ފެސްޓިވަލްގައި އަލްކޮހޯލިކް ބެވަރޭޖްސް އަދި އެހެން ފޭން ޑެސްޓިނޭޝަން އަދި ސަރަހައްދުތަކުގައި ބިޔަރުގެ ސޭލްސް ޕޮއިންޓްތައް ގަތަރު ވޯލްޑް ކަޕްގެ ސްޓޭޑިއަމްތަކުގެ ޕެރިމީޓާރއިން ރިމޫވް ކުރުމަށް ފޯކަސް ކުރެވިގެން ކަމަށެވެ.

ގަތަރަކީ މުސްލިމް ގައުމެކެވެ. އަދި އެގައުމަކީ ރާ ވިއްކުމާއި އެ ބޭނުންކުރުން ވަރަށް ހަރުކަށި ކަމާއެކު ރެގިއުލޭޓްކުރަމުން އަންނަ ގައުމެކެވެ.

މީގެކުރިން މިދިޔަ ސެޕްޓެމްބަރު މަހު ޓިކެޓް ގަނެގެން ވަންނަ ފޭނުންނަށް އަލްކަހޯލިކް ބިޔަރު ގަތުމުގެ ހުއްދަދޭނެ ކަމަށެވެ. އެއީ މެޗު ފެށުމުގެ 3 ގަޑިއިރު ކުރިން އަދި މެޗު ނިމުމުން 1 ގަޑިއިރުގެ ވަގުތުކޮޅަކަށް ކަމަށެވެ. އަދި މެޗު ކުޅެވޭ ވަގުތު ނުވިއްކާނެ ކަމަށެވެ. އެހެންނަމަވެސް ފަހުން އައި ބަދަލާއެކު އެއްކޮށް ސްޓޭޑިއަމްގައި ރާ ނުވިއްކާނެ އެވެ.

ފީފާއިން ނެރުނު ސްޓޭމަންޓްގައި އިތުރަށް ބުނެފައިވަނީ ބަޑް ޒީރޯގެ ސޭލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި އަދި ހުރިހާ ދަނޑެއްގައި ވެސް ލިބެން ހުންނާނެ ކަމަށެވެ.

އަދި މުބާރާތް ބާއްވާ ގައުމުގެ އިދާރާތަކާއި ފީފާއިން ގުޅިގެން ސްޓޭޑިއަމްތަކާއި ވަށައިގެން ހުރި ހުރިހާ ސަރަހައްދުތަކަކުން ވެސް އުފާވެރި، އިހްތިރާމާއެކު ހިތްހަމަޖެހޭ ތަޖުރިބާތަކެއް ލިބޭނެކަން ޔަގީން ކުރާނެ ކަމަށް ވެސް ފީފާގެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން ބިޔަރު ވިއްކަން ހަމަޖެހިފައިވީ ބުޑްވެއިސާ އަށެވެ. އެއީ 8 ސްޓޭޑިއަމްގައި ކޮންމެ މެޗެއްގެ ކުރިން އަދި ފަހުންނެވެ. ބުޑްވައިސާ އަކީ ދުނިޔޭގެ އެންމެ ބޮޑު ބްރޫވާ އަންހޫސާ ބުސްޗް އިންބެވްގެ ކުންފުންޏެކެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން އޭބީ އިންބެވްގެ ސަޕޯޓް ފީފާގެ އެންމެންނަށް ކޭޓަރ ކުރުމަށް އޮންނަ ޖޮއިންޓް ކޮމިންޓްމަންޓަށް ކުރާތީ އެކަން ފީފާގެ ސްޓޭމަންޓްގައި ފާހަގަކޮށްފައިވެ އެވެ.

ނިއު ޔޯކް ޓައިމްސްއިން ރިޕޯޓްކުރާ ގޮތުގައި ފީފާއާއެކު ހަދާފައިވާ ސްޕޮންސަރޝިޕް އެގްރީމެންޓަށް ބުޑްވައިސާއިން ގާތްގަނޑަކަށް 75 މިލިއަން ޑޮލަރު ދައްކަ އެވެ.

އޭބީ އިންބެވްގެ ސްޕޯކްސް ޕާސަން ބުނީ ފީފާގެ ޕާޓްނަރުންގެ ގޮތުގައި 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެމީހުންގެ ބައިވެރިވުމަށް ބަލާކަމަށާއި ފީފާ ވޯލްޑްކަޕް ކެމްޕޭނުގައި ބައިވެރިވެ ކަސްޓަމަރުންނާއެކު ފުޓްބޯޅަ މުޅި ދުނިޔޭގައި ސެލެބްރޭޓްކުރާ ކަމަށެވެ.

އެހެންނަމަވެސް ސްޓޭޑިއަމްގައި ކުރިއަށްގެންދިއުމަށް ކުރިން ރޭވިފައިހުރި ބައެއް ހަރަކާތްތައް ހާލަތު ދިމާކުރާ ގޮތުން އަދި އަމިއްލަ ބާރު ނެތުމުން ކުރިއަށް ގެންދެވެން ނެތްކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ވޯލްޑް ކަޕް މިމަހު 20 ގައި ފެށޭއިރު ޑިސެމްބަރު މަހުގެ 18 ގެ ނިޔަލަށް ގަތަރުގައި ކުރިއަށް ދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355