މިފަހަރު ގަތަރުގައި ވޯލްޑް ކަޕުގެ އިތުރުން އެތައް ސަތޭކަ ސަގާފީ ހަރަކާތްތަކަކާ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ރޭވިފައިވުމުގެ އިތުރަށް ކެއުން ވެސް ހިމެނެ އެވެ.
ދޯހާ، ގަތަރު - މީހުން ކެތްތެރިކަމާއެކު ދޯހާގެ މެޓްރޯ ސްޓޭޝަންގެ ފަހަތުގައި ކިއުގައި މަޑުކޮށްލައިގެން ތިބެނީ ސައުދީ އަރަބިއާގެ މަޝްހޫރު ފާސްޓް ފުޑް ޗެއިންގެ ރަހަމީރު ތެލުލި ކުކުޅު (ފްރައިޑް ޗިކަން)ގެ ރަހަ ދެކިލުމަށެވެ.
މިފަހަރުގެ ވޯލްޑް ކަޕްގެ ތައްޔާރީތަކުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ މިއީ އެވެ. ވޯލްޑް ކަޕުގެ ތައްޔާރީތަކުގެ ތެރެއިން ސައުދީ އަލް ބައިކް ގަތަރަށް އައީ 4 ފުޑް ޓްރަކާއެކު ގަތަރުގެ ވެރިރަށުގައި ހުންނަން މެސިއްލާ މެޓްރޯ ސްޓޭޝަނުގެ ފަހަތުގައި އެމީހުންގެ ފިހާރައެއް ބެހެއްޓުމަށެވެ.
މެނޫ ލިމިޓްވެފައި ކިއުތައް ދިގެވެ. އޯޑަރ ކުރާ ކައުންޓަރާ ހަމައަށް ފޯރުމަށް ވިއްސަކަށް މިނެޓު ނަގާއިރު އަލް ބައިކްގެ މަޝްހޫރު ބްރޯސްޓެޑް ޗިކަންއާއި ފްރެންޗް ފްރައީޒްގައި ރަހަ ބެލުމުގެ ނަސީބު ލިބެނީ އަދި އޯޑަރ ކުރާ ކައުންޓަރަށް ފޯރަން ނަގާ 20 މިނެޓުގެ އިތުރުން އަދި 30 މިނެޓުވުމަށްފަހު އެވެ.
ބްރޯސްޓެޑް ޗިކަންއަކީ ސިއްރު ސްޕައިސްތަކުގައި ރަނގަޅަށް ސީޒަން ކުރެވި ބެޓަރކޮށް ޕްރެޝަރުގައި ތެލުލެވި ރަނގަޅަށް މޮއިސްޗަރ ކުރެވިގެން ތައްޔާރުކުރެވޭ ރަހަމީރު ކުކުޅެކެވެ.
ގިނަ ކެއުންތަކެއް ލިބެން ނެތަސް ކަސްޓަމަރުން ތިބީ އުފަލުންނެވެ. އަދި އެމީހުންގެ ފޯރިއާއި އުފާވެރިކަން ފެންނަނީ ކެއުން އަތަށް ލިބޭ ކައުންޓަރަށް ފޯރާ ވަގުތު އެވެ.
ޓްރެފިކް ބަލައްހައްޓާ އޮފިސަރުން އޯޑަރ މެއިންޓެއިންކޮށް އެންމެން ތިބެނީ އެއް ލައިނެއްގައި ކަން ކަށަވަރުކުރަން ކޯނު ޖަހަމުން އަންނައިރު މުޅި މާހައުލުގައި ބޮޑު ފެސްޓިވަލެއްގެ ފޯރި ވަނީ ހިފާލާފަ އެވެ. ފެސްޓިވަލުގެ ފޯރި ނަގަމުން މީހުންތައް އަންނަނީ ދިދަ ހޫރުވާ ލަވަކިޔާ ފުޓްބޯޅައިގެ ފޯރި ހިއްޕާލަމުންނެވެ.
ތަނުގެ ރައްކާތެރިކަން ބެލެހެއްޓުމަށް ތިބޭ ސެކިއުރިޓީ ގާޑުން އަންނަނީ ކިއުގައި ތިބޭ މީހުންނަށް ކެތްތެރިވެގެން ތިބުމަށް ހިތްވަރުދީ އެމީހުން އިންތިޒާރު އެކުރާ ކެއުން އެމީހުންގެ އުއްމީދުތަކާ އެއްވަރަށް ރަނގަޅުވާނެކަމަށް މީހުން ގާތު ސެކިއުރިޓީ ގާޑުން އަންނަނީ ބުނަމުންނެވެ.
މިހުރިހާ ފޯރި ގަދަވެގެން މިއުޅެނީ ކީއްވެ؟
ވޯލްޑް ކަޕް ބޯމަތިވެފައިވަނިކޮށް އަލް ބައިކުން އެމީހުންގެ ފުޑް ޓްރަކްތައް ގަތަރަށް މިސްރާބު ޖެހުމަށް ނައްޓާލާ ވީޑިއޯތައް އާންމުކުރި ހިސާބުން ފެށިގެން ގިނަ ބަޔަކު އައީ އަދި އަންނަނީ އުފާކުރަމުންނެވެ.
އަލް ބައިކްގެ ކެއުންތަކަށް އެންމެ ބޮޑަށް އިންތިޒާރުކުރަމުން އައީ ސައުދީގައި މިކެއުން ތަޖުރިބާ ކުރި މީހުންނެވެ. ހާއްސަކޮށް އުމްރާއާއި ހައްޖުގެ އަޅުކަމުގެ ތެރެއިންނެވެ. އިސްލާމް ދީނުގެ އެންމެ މާތް ދެ ބިން ކަމަށްވާ މައްކާއާއި މަދީނާގައި އުމްރާގެ އަޅުކަން އަހަރުގެ ކޮންމެ ވަގުތެއްގައި ވެސް އަދާކުރެވޭއިރު ހައްޖުގެ އަޅުކަން އަދާކުރެވޭނީ އަހަރަކު އެއްފަހަރު އެވެ.
އަލް ބައިކްގެ ކެއުން ތަޖްރިބާ ނުކުރާ މީހުން މިކެއުމަށް އިންތިޒާރު ކުރަމުން އަންނައިރު އެމީހުންނަށް މިކެއުން ތަޖުރިބާ ކުރުމުގެ ފޯރި ހިފާލީ ރައްޓެހިންނާއި އެހެން މީހުން މިކެއުން ތަޖުރިބާކޮށް އެކަމުގެ ވާހަކަތައް ހިއްސާ ކުރަން ފެށުމުންނެވެ.