twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިގު އިންތިޒާރެއް ނިމުން، ގުރުއަތުލުން މާދަމާ ބާއްވަނީ

އަބްދުލް ވާހިދު ޙަސަން
Nov 20, 2022
5

ކުޅުދުއްފުށީގައި މަރާމާތުކޮށް ނިންމާލި 105 ރޯހައުސް ބެހުމަށް ނަގާ ގުރުއަތުލުން މާދަމާ އޮންނާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

މިއީ ރައީސް ނަޝީދުގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ހައުންސިންގ ޔުނިޓްތަކެކެވެ. އެކަމަކު އެމަނިކުފާނުގެ ވެރިކަން ނިމުނު ހިސާބުން ފެށިގެން މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ހުއްޓެވެ.

ވީރާނާވާން ދޫކޮށްލި މި ހައުންސިން ޔުނިޓްތައް އަލުން މަރާމާތުކުރަން ހަވާލުކުރީ 2021 ވަނަ އަހަރުގެ އެޕްރީލުމަހު ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ އެވެ. 105 ރޯހައުސް މަރާމާތުކޮށް ނިންމާލީ މިއަހަރުގެ އޮކްޓޯބަރުގަ އެވެ. މީގެ ތެރޭގައި ހިމެނެނީ ވެލިގަނޑުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓާއި ކަނބޯރަނި ހިޔާގައި ހުރި ފަސް ހައުންސިން ޔުނިޓެވެ.

ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ވިދާޅުވީ، ރޯހައުސްތައް ބެހުމަށް ނަގާ ގުރުއަތުލުން މާދަމާ އޮންނާނެ ކަމަށާއި މިމަސް ނިމުމުގެ ކުރިން ރޯހައުސްތައް ހަވާލުކުރެވޭނެ ކަމަށެވެ.

ރޯހައުސްތަކުގެ ޑައުން ޕޭމަންޓްގެ ގޮތުގައި 19000 ރުފިޔާ ދައްކަން ޖެހޭއިރު މަހު ކުލީގެ ގޮތުގައި މަހަކު 3000 ރުފިޔާ ދައްކަން ޖެހެ އެވެ. ޑައުން ޕޭވްމެންޓް ދައްކަން ޖެހެނީ އެއް ފަހަރާ އެވެ.

ހައުންސިން ޔުނިޓްތައް ނިންމާފައިމިވަނީ ހައުންސިންގ ޔުނިޓްތައް ލިބުނު ފަރާތްތަކުން އެދުނު ބައެއް ބަދަލުތައް ގެނެސްދީގެންނެވެ. އެގޮތުން ސިޑިތަކުގެ ރޭލިންގ އެސްއެސްއަށް ބަދަލުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355