twitterviber whatsapp telegramfacebookyoutube instagram
8th November 2026

ވޯލްޑްކަޕް މެޗުތައް ބަލާލުމަށް އުރީދޫގެ 213 ފޭން ޒޯން

ނަބީލާ އިސްމާޢީލް
Nov 21, 2022

އުރީދޫ މޯލްޑިވްސްއިން މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 213 އުރީދޫ ފޭން ޒޯން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ފޭން ޒޯންތައް އިފްތިތާހު ކޮށްދެއްވީ އިއްޔެ އާޓިފިޝަލް ބީޗުގެ ފޭން ޒޯނުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އެވެ.

އުރީދޫން ބުނި ގޮތުގައި ފޭން ޒޯންތައް ހެދީ މީޑިއާނެޓް، އެމްއައިބީ، ލައިޑް އިންޝުއަރެންސް، މާލެ ސިޓީ ކައުންސިލް، ބޮޑެތި ކެފޭތައް, ރަށު ކައުންސިލް އަދި ޒުވާނުން ޖަމިއްޔާތަކާ ގުޅިގެންނެވެ.

އުރީދޫ ފޭން ޒޯންތަކުގެ އިތުރުން އުރީދޫ މޯލްޑިވްސްއިން ވަނީ ހާއްސަ އޮފާތަކެއް ވެސް ތައާރަފުކޮށްފަ އެވެ. މެޗުތައް ބަލާލުމަށް ވޯލްޑް ކަޕް ޕެކް މެދުވެރިކޮށް 100 ޖީބީ ޑޭޓާގެ އިތުރުން މީޑިއާނެޓް އެޕަށް ހިލޭ 30 ދުވަހުގެ ސަބްސްކްރިޕްޝަން އެންމެ 250 ރުފިޔާއަށް ހޯދޭނެ އެވެ.

މީގެ އިތުރުން ދިވެހި އުފެއްދުމެއް ކަމަށްވާ ގޯލާ އެޕްގައި ހުޅުވާލެވިފައިވާ އުރީދޫ ފުޓްބޯލް ފޯރީ ލީގުގައި ބައިވެރިވެ، ސީގިޔާ އަދި ކްރޮސްރޯޑްސް މޯލްޑިވްސް އިން ހުށަހަޅާފައިވާ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293