twitterviber whatsapp telegramfacebookyoutube instagram
13th October 2026

ހއ އަތޮޅުގެ 7 ރަށަކަށް އަތޮޅު ކައުންސިލުން މާލީ އެހީ ދެނީ

އަބްދުލް ވާހިދު ޙަސަން
Nov 22, 2022

އިޖުތިމާއީ ޕްރޮގުރާމްތަކާ ތަފާތު ޕްރޮޖެކްޓްތައް ހިންގުމަށް ހއ އަތޮޅު ކައުންސިލުން، އަތޮޅުގެ 7 ރަށަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

އަތޮޅު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މި އަހަރު ތެރޭގައި އަތޮޅުގެ ހަތް ރަށަކަށް މާލީ އެހީ ދިނުމަށް ނިންމާފައިވާ ކަމަށާ، އެގޮތުން އެހީގެ ގޮތުގައި ކޮންމެ ރަށަކަށް އެއްލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށެވެ.

ކައުންސިލުން ބުނީ އެހީ ދޭ ހަތް ރަށް ކަނޑައަޅާނީ އެ ރަށްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބެލުމަށް ފަހުގައެވެ. މި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހއ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރަށް އެ ރަށެއްގައި ހިންގާ ކްލަބް ޖަމިއްޔާތަކާއި، ސަރުކާރު އިދާރާތަކަށް މިހާރު ވަނީ ރަށުގެ އިޖުތިމާއީ ތަރައްގީއަށް ހިންގަން ބޭނުންވާ މަޝްރޫއުތަކުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293