twitterviber whatsapp telegramfacebookyoutube instagram
13th October 2026

ފަންނީ ކޯސްތަކުގައި ކިޔެވުމަށް، ހއ އަތޮޅު ކައުންސިލުތަކުން 2 މުވައްޒަފަކަށް މާލީ އެހީދީފި

ނަބީލާ އިސްމާޢީލް
Oct 14, 2024

ހއ. އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުން، ކޮލެޖު އަދި ޔުނިވާސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ބައިވެރިކޮށް އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ދެ ކައުންސިލް މުވައްޒަފަކަށް މާލީ އެހީ ދީފިއެވެ.

އެ ދެ މުވައްޒަފުންނަށް އެހީ ދިނުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ހެނދުނު ހއ. އަތޮޅު ކޮންފަރެންސް ހޯލުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

މާލީ އެހީ ދީފައިވަނީ ހއ. އަތޮޅު ކައުންސިލްގެ ސީނިއާ ކައުންސިލް އޮފިސަރު ދީމާ ހަސަނާއި އެ އަތޮޅު އިހަވަންދޫ ކައުންސިލްގެ ކައުންސިލް އޮފިސަރު އިބްރާހީމް ސުހޭލަށެވެ.

އެ ދެ މުވައްޒަފުންނަށް އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ.

މާލީ އެހީއަށް ކޮންމެ މުވައްޒަފަކަށް 37،500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފައިވެއެވެ. މިއީ، މި އަހަރު ހއ. އަތޮޅު ކައުންސިލްގެ ވޯކް ޕްލޭންގައި ހިމަނައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.


މި ހަރަކާތުގެ މަގުސަދަކީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާގައި ކުރިއަށް ދިއުމަށާއި މުވައްޒަފުންގެ ތެރޭގައި ލީޑަރޝިޕް ކުރިއަރުވައި، މުވައްޒަފުންގެ ފެންވަރު މަތިކުރުމަށާއި ފަންނީ ދާއިރާތަކުން ތަމްރީން ލިބިފައިވާ ގާބިލް ބަޔަކަށް މުވައްޒަފުން ހެދުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293