twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވޯލްޑްކަޕް ބަލާލުމަށް ޒިގްޒެގްގެ ދަނޑުގައި އުރީދޫގެ ފޭން ޒޯނެއް

Nov 22, 2022

އުރީދޫގެ ފޭން ޒޯނެއް ކުޅުދުއްފުށީގައި ހުޅުވައިފި އެވެ. ޒިގްޒެގް ދަނޑުގައި ހެދި މި ފޭން ޒޯން ހުޅުވައިދެއްވީ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދް އަލް-ހަމަދީ އާއި ސީސީއޯ ހުސައިން ނިޔާޒެވެ.

ވޯލްޑް ކަޕް ބެލުމަށް ހެދި މި ފޭން ޒޯން ހުންނާނީ ރަސްމީ ބޯޅަދަނޑު (ޒިގްޒެގް ދަނޑު) ގެ މިހާރު ހަދަމުން އަންނަ ރޮސްޓްރަމް އިމާރާތުގައި އެވެ. ވޯލްޑް ކަޕް ބަލަން ބޭނުންވާ ފަރާތްތަކަށް މިތަން ވަނީ ހުޅުވާލާފަ އެވެ.

އުރީދޫ މޯލްޑިވްސްއިން މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 213 އުރީދޫ ފޭން ޒޯން ރަސްމީކޮށް ވަނީ އިފްތިތާހްކޮށްފަ އެވެ.

އުރީދޫން ބުނި ގޮތުގައި ފޭން ޒޯންތައް ހެދީ މީޑިއާނެޓް، އެމްއައިބީ، އެލައިޑް އިންޝުއަރެންސް، މާލެ ސިޓީ ކައުންސިލް، ބޮޑެތި ކެފޭތައް, ރަށު ކައުންސިލް އަދި ޒުވާނުން ޖަމިއްޔާތަކާ ގުޅިގެންނެވެ.

އުރީދޫ ފޭން ޒޯންތަކުގެ އިތުރުން އުރީދޫ މޯލްޑިވްސްއިން ވަނީ ހާއްސަ އޮފާތަކެއް ވެސް ތައާރަފުކޮށްފަ އެވެ. މެޗުތައް ބަލާލުމަށް ވޯލްޑް ކަޕް ޕެކް މެދުވެރިކޮށް 100 ޖީބީ ޑޭޓާގެ އިތުރުން މީޑިއާނެޓް އެޕަށް ހިލޭ 30 ދުވަހުގެ ސަބްސްކްރިޕްޝަން އެންމެ 250 ރުފިޔާއަށް ހޯދޭނެ އެވެ.

މީގެ އިތުރުން ދިވެހި އުފެއްދުމެއް ކަމަށްވާ ގޯލާ އެޕްގައި ހުޅުވާލެވިފައިވާ އުރީދޫ ފުޓްބޯލް ފޯރީ ލީގުގައި ބައިވެރިވެ، ސީގިޔާ އަދި ކްރޮސްރޯޑްސް މޯލްޑިވްސް އިން ހުށަހަޅާފައިވާ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355