twitterviber whatsapp telegramfacebookyoutube instagram
7th February 2026

މޮރޮކޯއަށް އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާ އަތުން ޕޮއިންޓެއް، މެޗުން އެއްވަރު

މުޙައްމަދު އަހުމަދު
Nov 23, 2022

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި މިއަދު މޮރޮކޯއިން އެންމެ ފަހުގެ ރަނަރއަޕް، ކްރޮއޭޝިއާ މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

އަލް ބައިތު ސްޓޭޑިއަމްގައި މިއަދު ކުޅެވުނު މެޗުގައި މޮރޮކޯއިން ވަނީ ކްރޮއޭޝިއާ ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާފަ އެވެ. 0 - 0 ން މެޗު އެއްވަރުވިއިރު މިއީ މިދެޓީމު ވޯލްޑް ކަޕުގައި ބައްދަލުކުރި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.

ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ދެޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތު ލިބުނު ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތްވަނީ ނުވެފަ އެވެ.

މީގެކުރިން ވޯލްޑްކަޕެއްގައި މޮރޮކޯއާއި ކްރޮއޭޝިއާ ބައްދަލުކޮށްފައިނުވާއިރު ވޯލްޑްކަޕުގެ ބޭރުން ދެޓީމުގެ ކުރިމަތިލުމެއް ފެނިގެންދިޔައީ 1996 ގަ އެވެ. އެމެޗު 2 - 2 ން އެއްވަރުވިއިރު ޕެނަލްޓީގައި 7 - 6 ން ކްރޮއޭޝިއާ ކާމިޔާބު ހޯދި އެވެ.

މިއަދުގެ އަނެއް މެޗުގައި އިރުއޮއްސި 6 ޖަހާއިރު ޖަޕާނާއި ޖަރުމަނު ބައްދަލުކުރާއިރު މިރޭ 9 ޖަހާއިރު ސްޕެއިނުން ނުކުންނާނީ ކޮސްޓަ ރިކާއާ ދެކޮޅަށެވެ. އަދި ދަންވަރު 12 ޖަހާއިރު ބެލްޖިއަމާއި ކެނެޑާ ބައްދަލުކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355