twitterviber whatsapp telegramfacebookyoutube instagram
16th April 2026

ހޮނިހިރު ދުވަހު އިސްރަށްވެހިންގެ ހަވީރެއް ބާއްވަނީ

އަބްދުލް ވާހިދު ޙަސަން
Nov 25, 2022

އުމުރުން ދުވަސްވީ ފަރާތްތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިސްރަށްވެހިންގެ ހަވީރު، މި ހަފްތާގެ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިއްޖެއެވެ.

ދިވެހި ރެޑް ކްރެސެންޓް އިން އިސްނަގައިގެން، އިޖުތިމާއީ ދާއިރާގައި މަސައްކަތްކުރާ މުއައްސަސާތަކާ ގުޅިގެން ކުރިއަށްގެންދާ މި އިސްރަށްވެހިންގެ ހަވީރު އޮންނާނީ 26 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 އިން 06:00 އަށް، ކުޅުދުއްފުށީ ސްޓޭޑިއަމްގައެވެ.

މި ހަވީރުގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން އެކިއެކި ސްޓޯލްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން، އެކި އެކި ކުޅިވަރުތަކާއި، ބޭނުންތެރި މައުލޫމާތު އަދި އިސްރަށްވެހިންނަށް ބޭނުންވާނޭ ބައެއް ހިދުމަތްތައްވެސް މި ހަވީރުގެ ތެރެއިން ކުރިއަށް ދާނެއެވެ.

އެހެން އަހަރުތަކާ ޚިލާފަށް، މި އަހަރުގެ އިސްރަށްވެހިންގެ ހަވީރު ވަނީ، 60 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައެވެ.

މި ހަވީރުގައި ދިވެހި ރެޑް ކްރެސެންޓްގެ އިތުރުން، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ހޮސްޕިޓަލް، ޖެންޑަރ އަދި ފުލުހުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355