twitterviber whatsapp telegramfacebookyoutube instagram
28th April 2024

ނެދަލޭންޑްސްއާ އެކުއެޑޯ އެއްވަރު، ހޯސްޓް ގަތަރު މުބާރާތުން ކަޓައިފި

މުޙައްމަދު އަހުމަދު
Nov 25, 2022

ވޯލްޑްކަޕުގައި މިރޭ ނެދަލޭންޑްސްއާ އެކުއެޑޯ އެއްވަރުވިއިރު މުބާރާތް ބާއްވާ ގައުމު ގަތަރު މުބާރާތަށް އަލްވަދާއު ކިޔައިފި އެވެ.

ހޯސްޓް ގަތަރުން މުބާރާތަށް އަލްވަދާއު ކީއިރު ވޯލްޑް ކަޕުގެ 92 އަހަރުވީ ތާރީހުގައި މުބާރާތް ބާއްވާ ގައުމު އެހާ އަވަހަށް މުބާރާތުން ކެޓި މީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ. ގަތަރުން މިމުބާރާތަށް 220 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު މިއީ މެދު އިރުމަތީގައި ބޭއްވޭ ފުރަތަމަ ވޯލްޑް ކަޕް ވެސްމެ އެވެ.

ވޯލްޑް ކަޕުގެ ހުޅުވާ މެޗުގައި ބަލިވި ހަމައެކަނި ގައުމަށް ވެސް ގަތަރު ވެފައިވާއިރު ގަތަރުން މުބާރާތުގައި ބާކީ އަދި އެއްމެޗު އޮންނާނެ އެވެ. އެއީ ނެދަލޭންޑްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ގަތަރު މުބާރާތަށް އަލްވަދާއުކީ މިރޭގެ މެޗުން ނެދަލޭންޑްސްއާ އެކުއެޑޯ އެއްވަރުވުމުންނެވެ. އެކުއެޑޯއާ ނެދަލޭންޑްސް ބައްދަލުކުރި މެޗު ނިމުނީ 1 - 1 ން އެއްވަރުވެގެންނެވެ. މިމެޗުގަ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނެދަލޭންޑްސްއިންނެވެ.

މެޗުގެ 6 ވަނަ މިނެޓުގައި ގަކްޕޯ ވަނީ ނެދަލޭންޑްސްއަށް ގޯލެއް ޖަހައިދީފަ އެވެ. މިލަނޑަކީ އޭރިއާ ބޭރު ރޮނގު ކައިރިން ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ރީތި ލަނޑެކެވެ. ނެދަލޭންޑްސް ކުރީގައި އޮވެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް 49 ވަނަ މިނެޓުގައި ކެޕްޓަން ވެލެންސިއާގެ ލަނޑުން އެކުއެޑޯ އެއްވަރުކުރީ އެވެ.

ނެދަލޭންޑްސް އެންމެފަހުން ކުޅުނު 15 ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ މެޗަކުން ވެސް ބަލިނުވެ އެވެ. 11 މެޗުން މޮޅުވިއިރު 4 މެޗުން ވީ އެއްވަރެވެ. އެކުއެޑޯއިން ވެސް ވަނީ އެޓީމުގެ ވޯލްޑްކަޕުގެ ތާރީހުގައި ޖައްސަ ޖައްސައިގެން 4 މެޗު ބަލިނުވެ ކުޅުމުގެ ރެކޯޑް ހަދާފަ އެވެ. 2 މެޗުން މޮޅުވިއިރު ދެމެޗުން ވީ އެއްވަރެވެ.

މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ އެމެރިކާއާއި އިނގިރޭސި ވިލާތެވެ. މިމެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355