twitterviber whatsapp telegramfacebookyoutube instagram
7th May 2024

ސިޓީ ކައުންސިލުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މެޑިކަލް ކޭމްޕެއް ބާއްވަނީ

ނަބީލާ އިސްމާޢީލް
Nov 26, 2022

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މޯލްޑިވްސް އެސޯސިއޭޝަންސް ޕާސެންސް ވިތް ޑިސެބިލިޓީސް (އެމްއޭޕީޑީ) ގުޅިގެން ކުޅުދުއްފުށީގައި މެޑިކަލް ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.

މި މެޑިކަލް ކޭމްޕް ބާއްވަން ސިޓީ ކައުންސިލުން ނިންމާފައިމިވަނީ މިދިޔަ ބުދަ ދުވަހު އޮތް އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 78 ވަނަ އާންމު ބައްދަލުވުމުގެ ޖަލްސާގަ އެވެ.

ޖަލްސާގެ ބަހުސްއަށް ހުޅުވާލަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ކައުންސިލުން ވަރަށް ފަހުންވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސްޕީޗް އެންޑް ހިޔަރިންއެޑް ކޭމްޕެއް ބާއްވާފައިވާނެ ކަމަށާއި، މިފަދަ ފަރާތްތަކަކީ ބެލެނިވެރިންގެ ފަރާތުން ބޮޑެތި ހަރަދުތަކެއް ކޮށްގެން ބޮޑެތި ފަރުވާތަކެއް ހޯދަން ޖެހޭ ފަރާތެއް ކަމަށެވެ.

އެހެން ކަމުން ކައުންސިލުން ބާއްވާ މިފަދަ ކޭމްޕް ތަކުން ރައްޔިތުންގެ ޖީބުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށް މޭޔަރު ފާހަގަ ކުރެއްވި އެވެ.

މި ފަހަރު ރޭވިފައިވަނީ އައިޑީޕީޑީ ހެލްތު އެންޑް ވެލްނެސް ކޭމްޕެއް ކަމަށާއި މިއީ ރާއްޖޭން ބޭރުން ފަންނީ ބޭފުޅުންނާއި ޑޮކްޓަރުންގެ ޓީމަކާ އެކީގައި ކުރިއަށްދާ ކޭމްޕެއް ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މިކަން ފަހިވުމަށް މި ކޭމްޕަށް ބޮޑު ހިއްސާއެއް ދިރާގުންގެ ފަރާތުން ވަނީވެފަކަމަށެވެ. އަދި ކޭމްޕް ކުރިއަށްގެންދިއުމަށްވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ކޮލަބްރޭޓްވެފައި ކަމަށެވެ. އެހެންކަމުން މި ހަރަކާތަކީ ކުޅުދުއްފުށީގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަރަށްބޮޑު މަންފާއެއްކުރާނެ ހަރަކާތެއްކަމަށް މޭޔަރު ވިދާޅުވި އެވެ.

"ހިލޭ ކޮންސަލްޓްކުރެވި، އަދި ޑައިގުނޯސްކުރުމުގެ ފުސަތުވެސް ލިބިގެންދާނެ ކޭމްޕްގެ ތެރެއިން، އަދި އެކި އެކި މައްސަލަތައް ދިމާވެފަ ހުރި ފަރާތްތަކަށް އެކަމުގެ ހައްލު ނުވަތަ ފަރުވާ ހޯދުމަށް މި ކޭމްޕުގެ ސަބަބުން މަގުފަހިވެގެންދާނެ" މޭޔަރު މުހައްމަދު އާތިފް ވިދާޅުވި އެވެ.

މި ޖަލްސާގައި މެޑިކަލް ކޭމްޕް ބޭއްވުމަށް ކޭމްޕްގެ މެމްބަރުންގެ އެކޮމަޑޭޝަންއާއި ކެއުމުގެ އިތުރުން އިންޓާންލް ދަތުރުތަކަށް ހިނގާނެ ހަރަދާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް އެޖެންޑާގައި ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ކައުންސިލަރު އަހުމަދު އަބުދުﷲ ވިދާޅުވީ ހާއްސަ އެހީއަށްބޭނުންވާ ކުދިންނަށް ދޭންޖެހޭ ފަރުވާ ބަލީގެ ކުރީކޮޅު ދިނުން މިއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މި ކޭމްޕު މެމްބަރުންގެ އެކޮމަޑޭޝަންއާއި ކެއުމުގެ އިތުރުން އިންޓާންލް ދަތުރުތަކަށް ހިނގާނެ ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 50،000 ރުފިޔާ އެވެ.

"އާލީ އައިޑެންޓިފިކޭޝަން އަކީ އެކުދިންނަށް ދޭ ފަރުވާ ދިނުމަށް ވަރަށް މުހިންމު ކަމެއް، އާލީ އައިޑެންޓިފިއިކުރެވި ޑައިގުނޯސް ކުރެވި، އެއީ ކޮންކަހަލަ ފަރުވާއެއް ބޭނުންވާ ކުއްޖެއްކަން ދެނެގަނެވުމަކީ ވަރަށް މުހިންމު ކަމެއް، އެހެން ކަމުން މި ކަހަލަ ކަންތައްތަކަށް މާލެއަށް ނުވަތަ ރާއްޖޭން ބޭރަށްގޮސް އެއީ ކޮންކަހަލަ ކަމެއްތޯ އައިޑެންޓިފައި ކުރަން ކުރަންޖެހޭ ހަރަދަކީވެސް ބޮޑު ހަރަދެއް" އަހުމަދު އަބުދުﷲ ވިދާޅުވި އެވެ.

އެހެންކަމުން ކުޅުދުއްފުށީގައި ބާއްވާ މިފަދަ ކޭމްޕްތަކުން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކަންކަން އައިޑެންޓިފައިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އާތިފާގެ މި ހުށަހެޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ތާއިދުކޮށް ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުގެ އަގުލަބިއްޔަތުން ވަނީ ފާސްވެފަ އެވެ.

މި ކޭމްޕް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 2، 3 އަދި 4 ކުޅުދުއްފުށި އުފަން ހިޔާގަ އެވެ. ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކަށް މުޅިން ހިލޭ ބައިވެރިވެވޭ މި ކޭމްޕުގައި ރަޖިސްޓްރީވުމަށް މިހާރުވަނީ ސިޓީ ކައުންސިލުން ހުޅުވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355