twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ސްޕެއިނާއި ޖަރުމަނު ޕޮއިންޓަކުން ފުއްދާލިއިރު ކްރޮއޭޝިއާއިން ކެނެޑާ ބަލިކޮށްފި

މުޙައްމަދު އަހުމަދު
Nov 28, 2022

ވޯލްޑް ކަޕް 2022 ގައި ރޭ ތަރިންގެ ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗު އެއްވަރުވެ ޕޮއިންޓަކުން ފުއްދާލިއިރު ފަހަތުން އަރާ ކެނެޑާ ބަލިކޮށް ކްރޮއޭޝިއާއިން ފެންވަރު ދައްކާލައިފި އެވެ.

ފުރަތަމަ މެޗުގައި ޖަޕާން އަތުން ބަލިވި ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗު 1 - 1 ން އެއްވަރުވެއްޖެ އެވެ. މިމެޗުން އެއްވަރުވުމާއެކު މިއީ ޖަރުމަނުން ވޯލްޑްކަޕް ތާރީހުގައި އެގައުމު ފުރަތަމަ ދެމެޗުން މޮޅެއް ނުލިބި ދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

ރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެއިނުން ކުޅުނު ނަމަވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތައް އުފައްދާފައިވަނީ ޖަރުމަނުންނެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ ސްޕެއިނުންނެވެ. 62 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ ސްޕެއިނަށް ލަނޑު ޖަހައިދިނެވެ،

ނަމަވެސް މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށްވެފައިވަނިކޮށް ޖަރުމަނުގެ ނިކްލަސް ފުލްކްރަގް ވަނީ ޖަރުމަނު ސަލާމަތްކޮށްދީފަ އެވެ. އަދި ރޭގެ މެޗުތަކަށްފަހު ގްރޫޕް އީ މިވަނީ އިތުރަށް ފޯރިގަދަވެފަ އެވެ. އެއްވަނައިގައި 4 ޕޮއިންޓާއެކު ސްޕެއިން އޮތްއިރު ދެވަނައިގައި 3 ޕޮއިންޓާއެކު އޮތީ ޖަޕާނެވެ.

ތިންވަނައިގައި 3 ޕޮއިންޓާއެކު ކޮސްޓަ ރިކާ އޮތްއިރު ޖަޕާނަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ފުލުގައި އޮތް ޖަރުމަނަށް ލިބިފައިވަނީ 1 ޕޮއިންޓެވެ. ބުރާސްފަތި ދުވަހު ގްރޫޕުގެ ފަހު މެޗުގައި ޖަރުމަނުން ކޮސްޓަ ރިކާއާ ދެކޮޅަށް ނުކުންނައިރު ސްޕެއިނުން ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ.

ރޭ ކުޅެވުނު އަނެއް މެޗުގައި ލޫކަ މޮޑްރިޗްގެ ކްރޮއޭޝިއާއިން ވަނީ ފަހަތުން އަރާ އަލްފޮންސޯ ޑޭވިސްގެ ކެނެޑާ ބަލިކޮށްފަ އެވެ. 4 - 1 ން ކްރޮއޭޝިއާ މޮޅުވި މެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ ކްރަމަރިޗް 2 ލަނޑު އަދި ލިވާޖާއާއި މަޖާރ ވަނީ ލަނޑެއް ޖަހާފަ އެވެ.

ކެނެޑާގެ ހަމައެކަނި ގޯލު 2 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލްފޮންސޯ ޑޭވިސް އެވެ. ޑޭވިސް ވެގެންގޮސްފައިވަނީ ވޯލްޑްކަޕެއްގައި ކެނެޑާއަށް ލަނޑެއް ޖަހައިދިން ފުރަތަމަ އަދި ހަމައެކަނި ކުޅުންތެރިޔާ އަށެވެ.

މިއަދު ކުރިއަށްހުރި މެޗުތަކަށް ބަލާލާއިރު ހަވީރު 3 ޖަހާއިރު ކެމަރޫނުން ނުކުންނާނީ ސާބިއާއާ ދެކޮޅަށެވެ. ސައުތް ކޮރެއާއާއި ގާނާ ބައްދަލުކުރާ މެޗު 6 ޖަހާއިރު ކުޅެވޭއިރު ރޭގަނޑު 9 ޖަހާއިރު ބްރެޒިލުން ސްވިޒަލޭންޑްއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި ދަންވަރު ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއާއި ލުއިސް ސުއަރޭޒްގެ އުރުގުއޭ ބައްދަލުކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355