twitterviber whatsapp telegramfacebookyoutube instagram
25th April 2024

މަންމަވި ގުރުބާނީއަށް ދަރިވަރެއްގެ ހިތުގައި އޮތް ލޯބި، ފެންކަޅިކޮށްލި!

މަންމަ ކޮށްދެއްވި މަސައްކަތްތަކާއި ވެދެއްވި ގުރުބާނީތަކުގެ އަގު އަދާކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް. މުޅި އުމުރު، އާއިލާގެ އިންޖީނަށްވެހުރެ މަންމަގެ ދަރިންނަކީ ހެޔޮލަފާ ރަނގަޅު ބައެއްކަމުގައި ވުމަށް ކޮށްދެއްވި މަސައްކަތްތަކަށްޓަކާ ހިތުގެ އެންމެ އަޑިން ޝުކުރިއްޔާ.

އަބްދުލް ވާހިދު ޙަސަން
Nov 28, 2022
2

2020-2021 ވަނަ އަހަރު ޖަލާލުއްދީން ސްކޫލުގެ ސަނާވީން އިމްތިހާނުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ލިބުނު ހަސަން އައްފާނު އަލީ، އޭނާގެ މަންމަވި ގުރުބާނީ ފާހަގަކޮށް ބަންޑުކޮށްލި ޝުއޫރުން ގިނަ ބަޔަކު ފެންކަޅިކޮށްލައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޖަލާލުއްދީން ސްކޫލުގެ ހޯލުގައި ބޭއްވި އިނާމު ދިނުމުގެ ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އައްފާނު ބުނީ، މިއީ ހަޔާތުގައި ކުރިމަތިވި އެންމެ އުފާވެރި ދުވަސްތަކުން ކުރެ ދުވަހެއްކަމަށެވެ. 2020 ވަނަ އަހަރުގެ ބެސްޓް އޯލް ރައުންޑްގެ މަގާމު ލިބުމަށް ނުހަނު އުންމީދުތަކެއް ކުރިނަމަވެސް، އެކަން އެނގުމާއެކު ކުޑަވަރެއްގެ ސިހުމެއްވެސް ލިބުނު ކަމަށެވެ.

އެއީ 2020 އަދި 2021 ވަނަ އަހަރު ކުރިމަތިވި ބިރުވެރި ޕެންޑެމިކުގެ ތެރޭގައި ކުރަން ބޭނުންވި ވަރަށް މަސައްކަތް ނުކުރެވުމުންކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް އެކަންތައްވެސް ފަހަނައަޅާ، ﷲގެ އިރާދަފުޅުން މިހާ ހިސާބަށް އާދެވިއްޖެ ކަމަށާ، މިއީ އެތައް ބަޔަކު ދިން އަޅާލުމާއި އެހީއާއި، ވެދެއްވި ގުރުބާނީތަކުގެ ނަތީޖާކަމަށް އައްފާނު ބުންޏެވެ.

ޓީޗަރުންނަށާއި އެކި އުމުރުގައި އޭނާއަށް ކިޔަވައިދެއްވި އެކި ފަރާތްތަކަށް ޝުކުރު އަދާކުރަމުންގޮސް، ވަކި ހިސާބަކުން މުޅި ރަސްމިއްޔާތު ހިމޭންވި އެވެ. ރަސްމިއްޔާތުގައި ތިބި އެންމެންގެ ނަޒަރު ހުއްޓިގެންދިޔައީ އޭނާގެ މަންމަ، އޭނާއަށްޓަކާ ވަމުންދާ ގުރުބާނާ ބެހޭގޮތުން ބަންޑުކުރަން ފެށި އަސަރުގަދަ ޝުއުރޫތަކާ ހިސާބުންނެވެ.

"ދެން ދައްކަން އޮތީ މިދުނިޔޭގައި މިހާރު ހުންނެވި އަޅުގަނޑު އެންމެ ލޯބިވާ ފަރާތުގެ ވާހަކަ. އެއީ ކޮންމެ ދުވަހަކު އަޅުގަނޑު ސްކޫލު ފިލާވަޅުތައް ނިންމިތޯ ސުވާލުކުރާ ފަރާތް. އަދި ދަންވަރު އަޅުގަނޑު އިމްތިހާނަށް ދަސްކޮށް ނިމުމުން ނޫނީ، ގޮސް ބާލިހުގައި ބޯއަޅާލަން ޖެހިލުންވާ ފަރާތް. އަދި ދުވަސް ދުވަހުން ކާމޭޒު ކައިރީގައި އަޅުގަނޑު ބައިންދައިގެން، ނަސޭހަތުގެ ލަފާ ދެއްވާ ފަރާތް. އެއީ އަބަދުވެސް އަޅާލުމާއި އޯގާތެރިކަން އިންތިހާއަށް ދޭ ފަރާތް." އައްފާނު އޭނާގެ މަންމަވި ގުރުބާނީ ފާހަގަކުރަމުން ބުންޏެވެ.

އައްފާނު ދެން ހުށަހަޅައިދިނީ އޭނާގެ މަންމައަށް ހާއްސަކޮށް މަދަހައެއްގެ ބައެކެވެ. ތަފާތު އިހްސާސެއް ކުރެވުނު އަސަރުގަދަ ވަގުތުކޮޅެކެވެ. ގިނަ ބަޔަކު ފެންކަޅިކޮށްލި ހިނދުކޮޅެކެވެ.

"މަންމާ! މަންމައަށް ހަމަ ބުނެލަން އޮތީ.[ލޯބީގެ ނަމަކީ މަންމާ، ނޫރަކީ، ލޮލަކީ މަންމާ، ދިރުމާ ހަޔާތްތީ މަންމާ، ދޭނީ މި ނަފްސާއި ޖާން. މަންމާ މިދޭ އިހުތިރާމު، ގެންދޭ އެތައްހާސް ސަލާމް. ގުރުބާންވެވޭ ސިއްރަކީ މަންމާގެ ލޯތްބާ މަގާމު، މަންމާ މިދޭ އިހުތިރާމު.]" މަންމައަށް އޮތް ލޯބި ހާމަކޮށް އައްފާނު އޭނާގެ ޝުއޫރުތައް ބަނޑުންކޮށްލި އެވެ.

އައްފާނު ބުނީ، މަންމަ ކޮށްދެއްވި މަސައްކަތްތަކާއި ވެދެއްވި ގުރުބާނީތަކުގެ އަގު އަދާކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް ކަމަށެވެ. މުޅި އުމުރު، އާއިލާގެ އިންޖީނަށްވެހުރެ މަންމަގެ ދަރިންނަކީ ހެޔޮލަފާ ރަނގަޅު ބައެއްކަމުގައި ވުމަށް ކޮށްދެއްވި މަސައްކަތްތަކަށްޓަކައި އޭނާގެ ހިތުގެ އެންމެ އަޑީން މަންމައަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރި އެވެ.

ކުރިމަތިލާ ކޮންމެ ކަމެއްގައިވެސް އެއްބާރުލުންދީ، ތަކުރާރުކޮށް ހިތްވަރު ދިނުމުގެ ބަސްތައް ފޮނުވުމުގެ ކުރީސަފުގައި ތިބެނީ އާއިލާ ކަމަށާއި މައިންބަފައިންނާއި ދައްތަމެން އޭނާއަށް ކުރާ އުންމީދެއްގެ ބޮޑުކަމަށެވެ. އެހެންކަމުން ހިފެހެއްޓުމެއް ނެތި އާއިލާއިން ދޭ އެއްބާރުލުމަށާއި ކުރާ އާ ކޮށްދޭ އުއްމީދުތަކަށްޓަކާ ލޯތްބާއެކު ޝުކުރު އަދާކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355