twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ނޭމާއާ ނުލާ ނުކުތް ބްރެޒިލުން ސްވިޒަލޭންޑް ބަލިކޮށް ދެވަނަ ބުރަށް

މުޙައްމަދު އަހުމަދު
Nov 28, 2022

ފީފާ ވޯލްޑް ކަޕުގައި މިރޭ ނޭމާއާ ނުލާ ނުކުތް ތަރިންގެ ބްރެޒިލުން ސްވިޒަލޭންޑް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށް ހަމަޖެހިލައިފި އެވެ. ފުރަތަމަ މެޗުގައި ކުޑަ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން މިރޭގެ މެޗަށް ބްރެޒިލުން ނުކުތީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ނޭމާ ނުލަ އެވެ.

ސްޓޭޑިއަމް 974 ގައި މިރޭ ބްރެޒިލާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗު 1 - 0 ގެ ހަނި ތަފާތަކުން ކާމިޔާބުކުރީ ބްރެޒިލުންނެވެ. މުބާރާތުގެ އެހެން މެޗުތަކާ ހިލާފަށް މިރޭ ފެނިގެންދިޔައީ މިހާތަނަށް އެންމެ ފޯރިގަދަ އެއް މެޗެވެ.

ވަރުގަދަ ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނުނުއިރު މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓް ކުރީ ބްރެޒިލުންނެވެ. ބްރެޒިލްގެ ގޯލާ އަމާޒުކޮށް ސްވިޒަލޭންޑަށް ހަމަލާއެއް ފޮނުވާނުލެވުނުއިރު އެޓީމަށް މުޅި މެޗުގައި ވެސް އުފެއްދުނީ އެންމެ 6 ހަމަލާ އެވެ.

މެޗު ފެށުނީއްސުރެ ސްވިޒަލޭންޑްގެ ޑިފެންސަށް ބްރެޒިލުން ވަރަށް ބޮޑަށް ބާރުކުރި އެވެ. ހައި ޕްރެސިން އޮފެންސިވް ގޭމެއް ބްރެޒިލް ޓީމުން ކުޅުނުއިރު އެޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ހާއްސަކޮށް ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާއާއި ރަފީނިއާ އަދި ރިޗާލިސަންގެ ހިފަހައްޓަން ސްވިޒަލޭންޑްގެ ޑިފެންސަށް ވަރަށް އުދަނގޫވި އެވެ.

މެޗުގައި ރިޗާލިސަންއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. މެޗުގައި ސްވިޒަލޭންޑުން ގިނަ ފައުލުތަކެއް ކުރި އެވެ. މިދެޓީމު ބައްދަލުކުރި މީ 3 ވަނަ ފަހަރަށް ވެގެންދިޔައިރު ބްރެޒިލަށް ސްވިޒަލޭންޑް ބަލިކުރެވުނު މީ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ. މީގެކުރިން ކުޅުނު ދެމެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.

މިރޭގެ މެޗުގައި ބްރެޒިލުގެ ހަމައެކަނި ލަނޑު މެޗުގައި ޖަހައިދިނީ ދާދިފަހުން ރެއާލް މެޑްރިޑް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި މިޑްފީލްޑަރު ކަސެމީރޯ އެވެ. މެޗު ނިމެން 7 ވަރަކަށް މިނެޓަށްވެފައި ވަނިކޮށް 83 ވަނަ މިނެޓުގައި ކަސެމީރޯ ވަނީ ބްރެޒިލް ދެވަނަ ބުރަށް ގެންގޮސް ގޯލު ޖަހައިދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355