twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އުރީދޫ ފަން ރަންގެ ހޯސްޓް ޕާޓްނަރަކަށް އެޗްޑީސީ

Nov 29, 2022

އުރީދޫ މޯލްޑިވްސް އިން ބާއްވާ "ފަން ރަން"ގެ ހޯސްޓިންގ ޕާޓްނަރަކަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައިފިއެވެ.

ޑިސެމްބަރު 23 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ އެ ދުވުމުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 30 ގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ. ބައިވެރިވުމަށް ރެޖިސްޓާ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕުލެޓްފޯމް މެދުވެރިކޮށެވެ.

ފަން ރަންގެ ކިޓެއް އެޗްޑީސީގެ މެނޭޖިން ޑީރެކްޓަރު އަހުމަދު އާތިފުއާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭ ކަސްރަތެއްކަން އަންގައިދިނުމުގެ މަގުސަދުގައި އުރީދޫން ބާއްވާ ދުވުން ފަށާނީ ހުޅުމާލޭ ސެންޓުރަލް ޕާކުންނެވެ. ފަސް ކިލޯމީޓަރުގެ މި ދުވުމުގައި، ކޮންމެ ކިލޯމީޓަރެއް ދުވެ ނިމޭ ސަރަހައްދުގައި ބެހެއްޓިފައި ހުންނަ ހާއްސަ ސްޓޭޝަންތަކުގައި ކުލައާއި ފެން ޖެހުމުގެ އިތުރުން މަޖާ ހަރަކާތްތަކެއް ކުރިއަށް ދާނެ އެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުންނާއި އަދި އާއިލާއާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް ފަން ރަންގައި ބައިވެރިވެވޭނެ އެވެ. އުރީދޫން ހުށަހަޅާ ހަމައެކަނި ޝަރުތަކީ އުމުރުން ހަ އަހަރު ފުރިފައި ވުމެވެ.

އުރީދޫ ފަން ރަން އަކީ އުމުރުފުރައަކަށް ހުޅުވާލައިގެން މިގޮތަށް ބޭއްވޭ އެންމެ ބޮޑު އެއް ދުވުމުގެ ހަރަކާތެވެ. މި ދުވުމަކީ ވަކި ވަގުތަކަށް ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައިވިޔަސް، ކޮރަމުންވިޔަސް، ނަށަމުންވިޔަސް ނުވަތަ ދުވެފަވިޔަސް ފުރިހަމަ ކުރެވޭނެ އެވެ.

އުރީދޫ ފަން ރަން ކިޓުތައް ލިބެން ހުންނާނީ ދެ ކެޓެގަރީއަކުންނެވެ. އެއީ، 100ރ. އަށް ލިބޭ ސްޓޭންޑަޑް ކިޓްސްއާއި 200ރ. އަށް ލިބޭ ފަން ކިޓެވެ. ސްޓޭންޑަޑްގައި ހިމެނޭނީ ފަން ރަން ޓީޝާޓު އަދި އަތުގައި އަޅާ ބޭންޑެވެ. ފަން ކިޓުގައި އުރީދޫ ފަން ރަން ޓީޝާޓާއި ބޭންޑުގެ އިތުރުން ފޮތި ދަބަހާއި އައިނު އަދި ބޮލުގައި އައްސާ ބަންޑާނާ ހިމެނޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355