twitterviber whatsapp telegramfacebookyoutube instagram
5th October 2026

ހދ އެފްސީއެސްސީގެ ވެރިޔަކަށް ޝަބާނާ

އަބްދުލް ވާހިދު ޙަސަން
Nov 30, 2022
1

ކުޅުދުއްފުށީގައި ހުންނަ ހދ ފެލެމީ އެންޑް ޗިލްރަން ސާރވިސް ސެންޓަރ އެސިސްޓެންޓް ޑިރެކްޓަރަކަށް ޝަބާނާ އަލީ ހަމަޖައްސައިފި އެވެ. މިއީ ސިވިލް ސާވިސްގެ މަގާމެކެވެ.

މިދިޔަ ހަފުތާތެރޭގައި ޝަބާނާ ހދ އެފްސީއެސްސީގެ ވަޒީފާއަށް ނުކުންނަވަން ފައްޓަވާފައިވާއިރު އޭނާ އެންމެ ފަހުން ހުންނެވީ ކޭއާރުއެޗުގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

ޝަބާނާ މީގެ ކުރިން މަސައްކަތްކުރައްވާފައިވަނީ ސިއްހީ ދާއިރާގައި އެވެ. އެގޮތުން އޭނާ އެ ދާއިރާގައި 18 އަހަރު ހިދުމަތްކުރައްވާފައިވާއިރު އޭގެ ތެރެއިން 13 އަހަރު އޭނާ ހިދުމަތްކުރައްވާފައިވަނީ ޕަބުލިކް ހެލްތު ދާއިރާގަ އެވެ.

ފަސް އަހަރު ހިދުމަތްކުރެއްވީ ކޭއާރުއެޗުގެ އިދާރީ ހިންގުމުގަ އެވެ. އަދި ހދ އެޓޯލް ހެލްތް ސާވިސަސްގެ ވެރިޔެއްގެ ހައިސިއްޔަތުގައި އެތަނުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުވެސް އޭނާ އަދާކުރައްވާފައިވެ އެވެ.

ހިންގުމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޝަބާނާ މަސައްކަތާ ގުޅޭ ދާއިރާއިން ރާއްޖޭއިންނާއި ރާއްޖޭން ބޭރުން ގިނަ ތަޖުރިބާތަކެއް ވަނީ ހޯދާފަ އެވެ. އެގޮތުން އިންޑިޔާ، ސްރީލަންކާ، ތައިލެންޑް އަދި ސައުތް ކޮރެޔާއިން އޭނާ ވަނީ މަސައްކަތާ ގުޅޭ ތަޖުރިބާ ހޯދާފަ އެވެ.

ވެރިޔަކު ނެތި ގިނަ އަހަރުތަކަށްފަހު ހދ އެފްސީއެސްސީގައި ވެރިޔަކު ހަމަޖައްސާފައިވާއިރު މީގެ ކުރިން އެތަން ހިންގުމަށް ހަވާލުވެހުންނެވީ ސޯޝަލް
ޕްރޮޓެކްޝަން އޮފިސަރު އާސިމާ އަހުމަދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293