twitterviber whatsapp telegramfacebookyoutube instagram
24th April 2024

އާޖެންޓީނާއާއި ޕޮލެންޑް ދެވަނަ ބުރަށް، ގޯލުގެ ތަފާތުން މެކްސިކޯ ކަޓައިފި

މުޙައްމަދު އަހުމަދު
Dec 1, 2022

ފީފާ ވޯލްޑް ކަޕުގައި ރޭ އާޖެންޓީނާއިން ޕޮލެންޑް ބަލިކޮށް ދެވަނަ ބުރަށް ދަތުރުކުރިއިރު ޕޮލެންޑުން ވެސް ދެވަނައިގައި ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

އެއްވަނައިގައި ހަ ޕޮއިންޓާއެކު އާޖެންޓީނާ ދެވަނަ ބުރުގެ ޖާގައެއް ހޯދިއިރު މެކްސިކޯއާއި ޕޮލެންޑަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން ޕޮލެންޑް ކުރިހޯދައިގެން ދެވަނަ ބުރަށް ދަތުރުކުރިއިރު މެކްސިކޯއިން ވަނީ މުބާރާތަށް އަލްވަދާއު ކިޔާފަ އެވެ.

ފުލުގައި އޮތީ 3 ޕޮއިންޓާއެކު ސައުދީ އަރަބިއްޔާ އެވެ. ދެވަނަ ބުރުގެ ބައެއް މެޗުތައް ވެސް މިހާރު ޔަގީން ވެފައިވާއިރު އާޖެންޓީނާއިން ނުކުންނަން ޖެހޭނީ ގްރޫޕް ސީގެ ދެވަނަ ހޯދި އޮސްޓްރޭލިއާއާ ދެކޮޅަށެވެ. އަދި ޕޮލެންޑުން ނުކުންނާނީ އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ދެކޮޅަށެވެ.

ރޭގެ މެޗުގައި 2 - 0 ން އާޖެންޓީނާ މޮޅުވިއިރު ޕޮލެންޑުގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. އަދި އޭނާ ވަނީ ގިނަ ހަމަލާތަކެއް ދިފާއުވެސް ކޮށްފަ އެވެ.

މެސީއަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއަކުން އާޖެންޓީނާއަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލި ބޯޅަ ކީޕަރު ޝެޒްނީ ވަނީ ދިފާއުކޮށްފަ އެވެ.

ފުރަތަމަ ހާފު 0 - 0 ން އެއްވަރުވެގެން ނިމުނުއިރު ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އާޖެންޓީނާއިން ލީޑު ނެގި އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ މޮލީނާގެ ހުރަހަކުން އެލެކްސިސް މެކް އެލިސްޓާ އެވެ. މިއީ އާޖެންޓީނާއަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.

އާޖެންޓީނާގެ ދެވަނަ 67 ވަނަ މިނެޓުގައި އަލްވަރޭޒް ޖަހައިދިންއިރު ޕޮލެންޑުން ވަނީ މެޗުގެ ނަތީޖާ އަނބުރާލުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ކާމިޔާބުވާ ގޮތްނުވީ އެވެ.

މިއަދު ކުރިއަށް ހުރި މެޗުތަކަށް ބަލާލާއިރު ރޭގަނޑު 8 ޖަހާއިރު ގްރޫޕް އެފްގެ ފަހު މެޗުގައި ކްރޮއޭޝިއާއިން ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ. އަދި ކެނެޑާއިން ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. މިރޭ ދަންވަރު 12 ޖަހާއިރު ސްޕެއިންއާއި ޖަޕާން ވާދަކުރާއިރު ފަހު މެޗުގައި ކޮސްޓަ ރިކާއާއި ޖަރުމަނު ބައްދަލުކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355