twitterviber whatsapp telegramfacebookyoutube instagram
18th April 2025

ކޭއާރުއެޗުގެ ހިތާނީ ކޭމްޕް ޑރ ވަހީދުއާއެކު

އަބްދުލް ވާހިދު ޙަސަން
Dec 7, 2022

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ކޭއާރުއެޗުން ބުނީ، މިފަހަރުގެ ކޭމްޕް ކުރިއަށްދާނީ ޑިސެމްބަރު 25-30 އަށް ކަމަށެވެ.

މިއަހަރުގެ ކޭމްޕް ކުރިއަށްދަނީ އައިޖީއެމްއެޗްގެ ޑިޕާރޓްމެންޓް އޮފް ސާޖަރީގެ ހެޑް އަދި ޕްލާސްޓިކް ސާޖަރީގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ މުހައްމަދު ވަހީދުއާއެކު އެވެ

ހިތާނީ ކޭމްޕުގައި ރަޖިސްޓަ ކުރުމަށް ބޭނުންވާ ފަރާތްތަކުން 1800 އާއި ހެނދުނު 0600 އާދެމެދު އެ ހޮސްޕިޓަލުގެ ނަންބަރު 6528864 އަށް ގުޅައިގެން ނަންނޯޓްކުރެވޭނެ އެވެ.

މި ކޭމްޕުގައި ރެޖިސްޓަކުރުން ކުރިއަށްދާނީ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ކޭއާރުއެޗުން މައުލޫމާތުދެއްވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355