twitterviber whatsapp telegramfacebookyoutube instagram
29th March 2024

ވޯލްޑްކަޕަށްފަހު ބެލްޖިއަމްގެ ކެޕްޓަން ހަޒާޑް ގައުމީ ޓީމުން ރިޓަޔާކޮށްފި

މުޙައްމަދު އަހުމަދު
Dec 7, 2022

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސްޓޭޖުން ހިތްދަތި ގޮތަކަށް ކަޓައިގެން ބެލްޖިއަމް ދިޔައިރު އެޓީމުގެ ކެޕްޓަން އެޑެން ހަޒާޑް ގައުމީ ޓީމުން ރިޓަޔާކޮށްފި އެވެ.

އިންޓަނޭޝަނަލް ފުޓްބޯޅައިން ހަޒާޑް ރިޓަޔާ ކުރިކަން އޭނާ ހާމަކޮށްފައިވާއިރު ހަޒާޑް ވަނީ އޭނާގެ ކެޕްޓަން ކަމުގައި ކުޅުނު 126 މެޗުން 33 ގޯލު ޖަހައިދީފަ އެވެ. 14 އަހަރު ދުވަހުގެ ކެރިއަރަކަށް ފަހު ހަޒާޑް ރިޓަޔާ ކުރިކަން އޭނާ ހާމަކުރީ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ.

ހަޒާޑް ބުނެފައިވަނީ މިއަދު އާ ސަފްހާއެއް އެއްލިއްޖެކަމަށާއި ހުރިހާ އެންމެންގެ ލޮތްބާއި ލިބުނު ސަޕޯޓަށް ނިހާޔަތަށް ޝުކުރުވެރިވާ ކަމަށެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން އޭނާއަށް ލިބެމުން އައި ސަޕޯޓަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މިފަހަރުގެ ވޯލްޑް ކަޕުގައި ބެލްޖިއަމްގެ ޓީމު ތެރެއިން ވެސް ގިނަ މައްސަލަތަކެއް ފެންމަތިވިއިރު އެޓީމަށް އެންމެ އެދެވޭ ކުޅުމެއް ވެސް ނުދެއްކުނެވެ. ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން އެޓީމު ކަޓައިގެން ދިޔައިރު އެޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. 1 - 0 ން ކެނެޑާ އަތުން މޮޅުވިއިރު މޮރޮކޯ އަތުން ބެލްޖިއަމް ވަނީ 2 - 0 ން ބަލިވެފަ އެވެ. އަދި ކްރޮއޭޝިއާއާ ވީ އެއްވަރެވެ.

މެންޗެސްޓަރ ސިޓީއަށް ކުޅޭ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޫނާއަށް މިފަހަރުގެ ވޯލްޑް ކަޕުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވެސް ވަނީ ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދީފަ އެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ބެލްޖިއަމުން ނުކުތީ ފޭވަރިޓެއްގެ ގޮތުގައި އެވެ. ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި ބެލްޖިއަމް އޮތްއިރު އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގެ 3 ވަނަ އެގައުމުން ހޯދި އެވެ. ބެލްޖިއަމްގެ ގޯލްޑަން ޖެނެރޭޝަނުގެ ގޮތުގައި ފެނުނު ޓީމަށް މިފަހަރުގެ ވޯލްޑް ކަޕު ވީ ހިތްދަތި މުބާރާތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355