twitterviber whatsapp telegramfacebookyoutube instagram
28th July 2026

ނޮޅިވަރަމުގައި ޒުވާން އަންހެނަކު މަރާލާފައިވާކަމުގެ ތުހުމަތު

Dec 10, 2022

ހދ ނޮޅިވަރަމުގައި މަރުވެފައިވާ އަންހެނަކު ފެނިއްޖެ އެވެ. އެރަށު ކައުންސިލް މެމްބަރަކު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޒުވާން އަންހެނެއްގެ މަރުވެގެން ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ. އަންހެން މީހާގެ މަރާ ގުޅިގެން ރަށު ތެރޭގައި އެކި ގޮތްގޮތަށް ވާހަކަތައް ފެތުރެމުންދާތީ އެކަމާ ގުޅިގެން ސީދާ އެއްޗެއް ބުންނަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ވިދާޅުވީ، ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭކަމަށް ބުނެ މިއަދު 12:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާ މައުލޫމާތު ލިބުމާއެކު ސީންއަށް އެޓެންޑްވެ ހޭނެތިފައި އޮތް މީހަކު ފުލުހުންގެ އެހީތެރިކަމާއެކު ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ. އެ މީހާ އެރަށު ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރާ ހަވާލާދީ ފުލުހުން ވިދާޅުވެ އެވެ.

28 އަހަރުގެ އަންހެން މީހާއަކީ ތިން ކުދިންގެ މަންމަ އެކެވެ. އަންހެން މީހާ މަރާލިކަމުގެ ތުހުމަތު ކުރެވެނީ އޭނާގެ ފިރިމީހާއަށެވެ. ރަށުތެރޭގައި އެ ވާހަކަ ވަރަށް ގަދައަށް ދެކެވޭއިރު ފިރިހެން މީހާއަކީ އެރަށަށް ނިސްބަތްވާ މީހެއް ނޫންކަމަށް އެރަށުން ވާހަކަދެއްކި މީހުން މައުލޫމާތު ދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355